އުރީދޫ މޯލްޑިވްސް އާއި ޕްރޯލެޕް ގުޅިގެން ސްކޫލް ދަރިވަރުންނަށް ހާއްސަ 'ބެކް
ޓު ސްކޫލް' ޕްރޮމޯޝަނެއް މިއަދު ފަށައިފި އެވެ.
ވީ ކިހިނެއް - މިއީ، ކިޔެވުން ކުރިއަށް ގެންދިއުމަށް ބޭނުންވާ ސާމާނު، ކިޔަވާ ކުދިންނަށާއި ބެލެނިވެރިންނަށް ފަސޭހަކަމާ އެކު ހޯދުމުގެ ފުރުސަތު ހުޅުވާލުމުގެ މަގްސަދުގައި ހިންގާ ޕްރޮމޯޝަނެކެވެ.
ތަފްސީލް - މި ޕްރޮމޯޝަންގެ ދަށުން:
ޕްރޯލެޕުން ގަންނަ ކޮންމެ ލެޕްޓޮޕަކާ އެކު އުރީދޫގެ 'ފަސޭހަ މިނީ' ޑިވައިސްއެއް ލިބޭނެ
240 ޖީބީއާ ހަމައަށް ބޯނަސް ޑޭޓާ ވެސް ލިބޭނެ
ލެޕްޓޮޕާ އެކު ހިލޭ ލިބޭ 'ފަސޭހަ މިނީ' ޑިވައިސް މެދުވެރިކޮށް ރީޗާޖް ކުރާ ފުރަތަމަ 12 ފަހަރު، ކޮންމެ ރީޗާޖަކަށް 20 ޖީބީ ބޯނަސް ޑޭޓާ ލިބޭނެ
ޕްރޯލެޕްގެ ފަރާތުން ހިލޭ ލެޕްޓޮޕް ކޭސްއެެއް ދޭނެ
ބުނީ ކީކޭ؟ - އުރީދޫގެ ޗީފް ކޮމާޝަލް އޮފިސަރު، ހުސެން ނިޔާޒް ވިދާޅުވީ މަސައްކަތުގެ މާހައުލުގަ އާއި ދަރިވަރުންގެ ކިޔެވުން އަދި އާންމު ދިރިއުޅުމުގެ ކަންކަންމުގައި ވެސް އިންޓަނެޓްގެ ހިދުމަތް މުހިއްމުވެފައި ވާއިރު، މި ޕްރޮމޯޝަންގެ ސަބަބުން ދަރިވަރުންނަށާއި ބެލެނިވެރިންނަށް އޮންލައިންކޮށް ކިޔެވުމުގެ ކަންކަމަށް ބޭނުންވާ ތަކެތި ހޯދުމަށް އިތުރު ލުއިތަކެއް ލިބިގެންދާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
"ޕްރޯލެޕްއާ އެކު މި ލޯންޗު ކުރި އޮފާ މެދުވެރިކޮށް ދަރިވަރުންނަށާއި ބެލެނިވެރިންނަށް އޮންލައިންކޮށް ކިޔެވުމުގެ ކަންކަމަށް ބޭނުންވާ ތަކެތި ބައްލަވައިގަތުމުގައި އިތުރު ލުއިތަކެއް ލިބިގެންދާނެ. ހުރިހާ ދަރިވަރުންނަށް އުފާވެރި ޗުއްޓީއަކަށް އަދި ބާއްޖަވެރި ތައުލީމީ އަހަރަކަށް އެދެން،" ނިޔާޒް ވިދާޅުވި އެވެ.
އުރީދޫ އާއި ޕްރޯލެޕުން 'ބެކް ޓު ސްކޫލް' ޕްރޮމޯޝަނެއް ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ