މިސްކިތްތަކުގެ ކަރަންޓު ބިލުތައް އަންނަ މަހުން ފެށިގެން ކުޑަކުރަނީ

ރައީސް ވިދާޅުވީ ކުރިއަށް އޮތް ތަނުގައި، މަގު ބައްތިތަކާއި ޕާކުތައް ފަދަ ތަންތަނުގެ ބިލުތައް ވެސް މި ރޭޓަށް ކުޑަކޮށްދެއްވާނެ ކަމަށެވެ. އޭގެ ސަބަބުން ކައުންސިލްތަކަށް ބޮޑު ލުޔެއް ލިބިގެން ދާނެ ކަމަށެވެ.
އަންނަ މަހުން ފެށިގެން މިސްކިތްތަކުގެ ކަރަންޓު ބިލު ޑޮމެސްޓިކް ރޭޓަށް ނުވަތަ ގޭބިސީތަކުގެ ރޭޓަށް ކުޑަކުރަން ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ އިއުލާނު ކުރައްވައިފި އެވެ.
ކުޅުދުއްފުށި ސިޓީގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، ކައުންސިލްތަކާ ބައްދަލު ކުރާއިރު އަންނަ އެންމެ ބޮޑު ޝަކުވާ އަކީ ކައުންސިލްތަކުން ކަރަންޓު ބިލަށް ދައްކަން ޖެހޭ ހަރަދުތައް ބޮޑުވުމެވެ. ކައުންސިލްތަކުން ބަލަހައްޓާ ތަންތަނަށް ފައިސާ ދައްކަނީ ގޭބިސީތަކަށްވުރެ ބޮޑު ރޭޓަކުންނެވެ. އެއީ ގަވަމެންޓް ރޭޓެވެ.މިކަމަށް އެދެވޭ ހައްލެއް ލިބޭނެތޯ ކައުންސިލްތަކުން ކުރަމުން އަންނަ ޝަކުވާއަށް ހައްލެއް ހޯދައިދިނުމަށް މިސްކިތްތަކުގެ ކަރަންޓު ބިލު ކުޑަކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ."މިއަންނަ މަހުން ފެށިގެން ކައުންސިލްތަކުން ކަރަންޓަށް މިކުރަން ޖެހޭ ހަރަދުގެ ތެރެއިން ހުރިހާ ރަށެއްގަ، އެއީ މާލެ ސިޓީ، މިސިޓީ އަދި ހުރިހާ ރަށެއް އަދި ހުރިހާ ސިޓީއެއް ހިމެނޭ ގޮތަށް ހުރިހާ ރަށެއްގެ މިސްކިތްތަކުގެ ކަރަންޓު ހަރަދު، އެކަރަންޓަށް އެ ދައްކަން ޖެހޭ ބިލުގައި މިހާރު އެދައްކަނީ ގަވަރުމެންޓް ރޭޓް ކިޔާ ރޭޓެއްގަ، އެ ރޭޓްގެ ބަދަލުގަ ޑޮމެސްޓިކް ރޭޓަށް ތިރިކޮށްދޭނަން،" ރައީސް ވިދާޅުވި އެވެ.ރައީސް ވިދާޅުވީ، ހަމައެކަނި މިސްކިތްތަކުގެ ބިލުތައް ކުޑަ ކޮށްގެން ވެސް ކައުންސިލްތަކުން ކުރަން ޖެހޭ ހަރަދުތައް ކުޑަވެގެން ދާނެ ކަމަށެވެ. އޭގެ ސަބަބުން ސްޓެލްކޯ އަދި ފެނަކައަށް ބޮޑު އެއްޗެއް ގެއްލޭނެ ކަމަށާއި، ނަމަވެސް އެތަންތަނަށް އާމްދަނީ ވައްދާނެ އެހެން ގޮތްތައް ހޯދާނެ ކަމަށް ވެސް ވިދާޅުވި އެވެ. ރައީސް ވިދާޅުވީ ކުރިއަށް އޮތް ތަނުގައި، މަގު ބައްތިތަކާއި ޕާކުތައް ފަދަ ތަންތަނުގެ ބިލުތައް ވެސް މި ރޭޓަށް ކުޑަކޮށްދެއްވާނެ ކަމަށެވެ. އޭގެ ސަބަބުން ކައުންސިލްތަކަށް ބޮޑު ލުޔެއް ލިބިގެން ދާނެ ކަމަށެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ