ދިވެހިންގެ ހުއްދަނެތި އިންޑިއާ ހެލިކޮޕްޓަރު ތިމަރަފުށީގައި ޖެއްސި: ޑިފެންސް މިނިސްޓަރު ރާއްޖޭގައި އަދިވެސް އިންޑިއާ ސިފައިން އެބަތިބި: އުމަރު ނަސީރު ރާއްޖެއިން އިންޑިއާ ސިފައިންގެ ފަހު ބެޗް ފައިބައިފި އިންޑިއާގެ މަރުހަބާ ސަރުކާރަށް މަގުބޫލު ލިޔުންތައް ހުވ

އިންޑިޔާއިން ހަދިޔާކޮށްފައިވާ ހެލިކޮޕްޓަރުތައް އޮޕަރޭޓުކުރަން ހަރަކާތްތެރިވާ އިންޑިއާގެ ސިވިލިއަނުންނަކީ އެ ހެލިކޮޕްޓަރުތައް އުފެއްދި ކުންފުނީގެ މުވައްޒަފުންކަމަށާއި، އެ ސިވިލިއަނުން ތިބުމަކީ ޤައުމީ ސަލާމަތަށް ނުރައްކަލެއް ނޫންކަމަށް ފޮރިން މިނިސްޓަރު މޫސާ ޒަމީރު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މޫސާ ޒަމީރު ވިދާޅުވީ، ހެލިކޮޕްޓަރު އޮޕަރޭޓުކުރަން ތިބި ސިވިލިއަނުންނަކީ އިންޑިއާގެ “ހިންދުސްތާން އެއަރޮނޮޓިކްސް ލިމިޓެޑް” ގެ މުވައްޒަފުންކަމަށެވެ. އަދި ރާއްޖޭގައި އެކި މަސައްކަތްތަކަށް ގިނަ އަދަދެއްގެ އިންޑިއާ ރައްޔިތުން ދިރިއުޅޭކަން ފާހަގަކުރައްވަމުން، އެމީހުންގެ ސަބަބުން ޤައުމީ ސަލާމަތަށް މިހާތަނަށް ނުރައްކާވެފައި ނުވާކަމަށް ވެސް ވިދާޅުވިއެވެ.
“ރިޔާސީ އިންތިޚާބުގެ ދުވަސްވަރު ރައްޔިތުން ބުނަމުންދިޔައީ އިންޑިއާ ސިފައިން ރާއްޖޭގައި ތިބެފިނަމަ ޤައުމީ ސަލާމަތަށް ގެއްލުން ވާނެކަމަށް. އެހެންވީމަ އަޅުގަނޑުމެން އިންޑިޔާ ސަރުކާރަށް ރިކުއެސްޓްކުރީ އިންޑިއާ ސިފައިން އަނބުރާ ޤައުމަށް ގެންދަން. އެއާ އެއްގޮތަށް އިންޑިއާ ސިފައިން ގޮސް، ހެލިކޮޕްޓަރު އުފެއްދި ކުންފުނީގެ މުވައްޒަފުން މިހާރު އައިސް އެތިބީ،” ޒަމީރު ވިދާޅުވިއެވެ.
އިންޑިއާއިން ހަދިޔާކޮށްފައިވާ ހެލިކޮޕްޓަރުތަކާއި ޑޯނިއާ މަތިންދާބޯޓު އޮޕަރޭޓުކުރުމަށް މިހާރު ރާއްޖޭގައި ތިބި 26 ސިވިލިއަނުންގެ މަސައްކަތަކީ އެ އުޅަނދުފަހަރު ދުއްވައި މެއިންޓަނަންސްގެ ކަންކަން ބެލެހެއްޓުންކަމަށް ވެސް ފޮރިން މިނިސްޓަރު ވިދާޅުވިއެވެ. އަދި ޤައުމީ ސަލާމަތަށް އޭގެ ސަބަބުން ނުރައްކަލެއް ނުވާނެކަމުގައި ވެސް އޭނާ ޔަގީންކަން ދެއްވައިފިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ