ކަރަންޓު ބިލު ބޮޑުވި ގޮތުގެ ތަފުސީލު ހޯދަން މަޖިލީހަށް ކުއްލި މައްސަލައެއް

އޭޕްރީލު މަހުގެ ފަހުންވެސް ކަރަންޓު ބިލުތައް ބޮޑުވި ކަމުގައި އާންމުން ޝަކުވާކޮށްފައިވާ ކަމަށާއި، ކަރަންޓު ބިލު ބޮޑުވި ގޮތާ ގުޅޭ އެއްވެސް ތަފުސީލެއް ސްޓެލްކޯއިން އާންމުންނަށް ހިއްސާކޮށްފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ފާއިތުވި ބައެއް މަސްތަކުގައި ކަރަންޓު ބިލު ބޮޑުވި ސަބަބު ސާފުކޮށްދިނުމަށް ގޮވައިލާ އެމްޑީޕީގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި އެވެ. 
މިއަދު މަޖިލީހަށް މި މައްސަލަ ހުށަހެޅުއްވީ އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) އެވެ. 
މިއަދު މަޖިލީހުގެ ޖަލްސާއަށް އެ މައްސަލަ ހުށަހަޅުއްވަމުން މުހައްމަދު ވިދާޅުވީ، ކަރަންޓު ބިލުތައް ބޮޑުވުމުން އޭޕްރީލު މަހު އާންމުން ޝަކުވާ ކުރުމުން ސްޓެލްކޯއިން ބިލުތަކަށް ލުއިތަކެއް ދިން ކަމަށެވެ.
އޭޕްރީލު މަހުގެ ފަހުންވެސް ކަރަންޓު ބިލުތައް ބޮޑުވި ކަމުގައި އާންމުން ޝަކުވާކޮށްފައިވާ ކަމަށާއި، ކަރަންޓު ބިލު ބޮޑުވި ގޮތާ ގުޅޭ އެއްވެސް ތަފުސީލެއް ސްޓެލްކޯއިން އާންމުންނަށް ހިއްސާކޮށްފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ. 
ކަރަންޓު ބިލުތައް ބޮޑުވި ގޮތުގެ ތަފުސީލު އާންމުންނަށް ލިބފައިނުވާ ކަމަށާއި ލިބުނު ބިލުތަކުގައި ބިލު ހަދާފައިވަނީ އެވެރެޖު ބިލެއްގެ ގޮތުގައި ކަމަށްވެސް މެންބަރު އަހުމަދު ވިދާޅުވި އެވެ. 
"އެހެންކަމުން، ރައްޔިތުންނަށް ކަރަންޓު ބިލުތަކަށްވާ ގޮތް ސާފުކޮށްދިނުމަށް އެދި މިކަހަލަ ކަންކަމުގެ ސަބަބުން ރައްޔިތުންނަށް ލިބޭ ދަތި އުނދަގޫ ކަންކަމުގައި ވީހާ ވެސް އަވަސް ހައްލެއް ހޯއްދަވައިދެއްވުމަށް ސަރުކާރަށް ގޮވާލައި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 170 ވަނަ މާއްދާގެ ދަށުން މި ކުއްލި މައްސަލަ ހުށަހަޅަން،" މުހައްމަދު ވިދާޅުވި އެވެ. 
ސްޓެލްކޯގެ ބިލުތައް ބޮޑުވެގެން އާންމުން ޝަކުވާކުރަން ފެށުމުން ރަސްމީކޮށް ކުންފުންޏަށް ބިލުތަކާ ގުޅޭ ޝަކުވާ ހުށަހަޅަން އެ ކުންފުނިން ހުޅުވައިލުމުން ގިނަ އަދަދެއްގެ ބަޔަަކުވަނީ ޝަކުވާ ހުށަހަޅާފަ އެވެ. 
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ