ރައީސް އޮފީހުގެ ކުރީގެ ޗީފް ޓެކްނޮލޮޖީ އޮފިސަރު (ސީޓީއޯ) ހާމިދު ޝަފީއު އަވަހާރަވެއްޖެއެވެ.
މައުލޫމާތު ލިބިފައިވާގޮތުން އޭނާ އަވަހާރަވީ އިންޑިއާގެ ބެންގަލޫރުގައި ކެންސަރަށް ފަރުވާ ހޯއްދަވަމުން ދަނިކޮށެވެ.
މިދިޔަ ސަރުކާރުގައި ރައީސް އޮފީހުގެ ޗީފް ޓެކްނޮލޮޖީ އޮފިސަރުގެ މަގާމު 2019 ވަނަ އަހަރުން ފެށިގެން އެ ސަރުކާރު ނިމެންދެން އަދާކުރައްވާފައިވާ ޝަފީއު ވަނީ އައިޓީ ދާއިރާއަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވާފައެވެ.
މީގެ އިތުރުން ޝަފީއުވަނީ 1998 އާއި 2007 އާ ދެމެދު ރައީސް އޮފީހުގެ އިންފޮމޭޝަން ޓެކްނޮލޮޖީ ޑިޕާޓްމަންޓުގައި މެނޭޖަރ ޓެކްނިކަލް ސާވިސަސް ޔުނިޓް އަދި ޗީފް ނެޓްވާކް އެޑްމިނިސްޓްރޭޓާގެ މަގާމު އަދާކުރައްވާފައެވެ.
ވ. އާރަށް މައްސަލަ: ޔާމީން އާއި ދެކޮޅަށް ހުށަހެޅި އާ ހެކިތައް ބަލައިގަންނަން ޕީޖީއިން ސުޕްރީމް ކޯޓުގައި އެދެފި ބަރަހަނާކޮށް ފޭރުނު މައްސަލައިގައި އަންހެނަކު ހައްޔަރުކޮށްފި ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމަށް ނަން ހުށަހެޅުމަށް ހުޅުވާލަނީ ރާއްޖޭގައި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ