ސަރުކާރުގެ ފެންކުންފުނި, އެމްޑަބްލިއުއެސްސީގެ ބޯޑުގެ މެމްބަރުކަމަށް, ހައްޖު ކޯޕަރޭޝަންގެ އެމްޑީ މުހައްމަދު ޝަކީލްގެ އަބިކަނބަލުން އައިޝަތު ރޫޙީ އައްޔަން ކޮށްފިއެވެ.
ދައުލަތުގެ ފެން ކުންފުނީގެ ބޯޑަކީ އެންމެ މުސާރަ ބޮޑު ބޯޑެވެ.
ރައީސް މުއިއްޒު ރައީސްކަމާއި ހަވާލުވުމަށްފަހު, ގެންދަވަނީ ސިޔާސީ މަގާމްތަކަކާއި އަދި ކުންފުނިޔަކުގެ ބޯޑުތަކަށް ސިޔާސީ އެކްޓިވިސްޓުންނާއި އަދި އެކްޓިވިސްޓުންގެ އަނބިންނާއި ދަރިންވެސް އައްޔަން ކުރައްމުންނެވެ. އޭގެ ތެރޭގައި ގިނައީ މަގާމަށް ގާބިލް ނޫން, އެއްވެސް ވަރެއްގެ ތައުލީމެއްވެސް ނެތް ފަރާތްތައްކަން ފާހަގަ ކޮށްލެވެއެވެ.
ދައުލަތުގެ މާލީ ހާލަތު ދަށްވެ, މަސްވެރިންނަށް ސަރުކާރުން ދޭންޖެހޭ 300 މިލިއަން ރުފިޔާ ހިފަހައްޓާފައިވާއިރު, މުއިއްޒު ގެންދަވަނީ ބޮޑެތި މުސާރަލިބޭ ސިޔާސީ މަގާމްތަކަށް އެކްޓިވިސްޓުންނާއި އާއިލީ މީހުން އައްޔަން ކުރަމުންނެވެ.
އަދި ސަރުކާރުގެ މާލީ ހާލަތު ދަށްވެ, އައިއެމްއެފް “ބޭންކްރަޕްސީ ޕެކޭޖަށް” ރާއްޖެއަށް ދާންޖެހިފައިވާއިރު, ރާއްޖެއިން ބޭރަށް ކުރަމުންދާ ދަތުރުތައްވެސް ސަރުކާރުން މަދު ކޮށްފައި ނުވާކަން ފާހަގަ ކޮށްލެވެއެވެ.
އެގޮތުން ފާއިތުވި ހަފްތާގައި 48 މީހުންގެ ބޮޑު ވަފްދަކާއެކު މުއިއްޒު ޔޫއޭއީއަށް ވަޑައިގެންފައިވާއިރު, އޭގެ ކުރީ ހަފްތާގައިވަނީ, މަސްވެރިންނަށް ދޭންޖެހޭ ފައިސާ ނުދީ ހިފެހެއްޓުމަށްފަހު, އަހަރަކަށް 60 މިލިއަން ރުފިޔާ ބަޖެޓް ކޮށް, އެކްޓިވިސްޓުންނަށް ވަޒީފާ ދިނުމަށް, ތުރުކީގައި އާ އެމްބަސީއެއްވެސް ހުޅުވާފައެވެ.
ފެންކުންފުނީގެ ބޯޑަށް, ހައްޖު ކޯޕަރޭޝަންގެ އެމްޑީގެ އަނބިކަބަލުން އައްޔަން ކޮށްފި, މަސްވެރިންގެ ފައިސާ ހިފެހެއްޓުމަށްފަހު, ސަރުކާރުން ދަނީ އެކްޓިވިސްޓުންގެ އަނބި ދަރީންނަށް ބޮޑެތި މުސާރަލިބޭ މަގާމްތައް ދެމުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ