ނުފޫޒު ފޯރުވީ އެމްޑީޕީން ކަން ސާބިތުވެއްޖެ، ދުއާ އަކީ ޔާމީން މާދަމާ މިނިވަންވުން: ރައީސް

"އަޅުގަނޑުގެ ދުއާ އަކީ އަޅުގަނޑު އަބަދުވެސް ދަންނަވަމުން އައި ގޮތަށް ދުއާ އަކީ ރައީސް ޔާމީން މިނިވަން ވެގެން އައުން،"
ޖޭއެސްސީ މެދުވެރިކޮށް ނުފޫޒު ފޯރުވާ ރައީސް އަބްދުﷲ ޔާމީންގެ މައްސަލަ ލަސްކުރުވީ އެމްޑީޕީން ކަން ސާބިތުވެއްޖެ ކަމަށް ވިދާޅުވެ އުންމީދަކީ މާދަމާ އެމަނިކުފާނު މިނިވަންވެވަޑައިގަތުން ކަަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
ވ. އާރަށު މައްސަލައިގައި ރައީސް ޔާމީން 11 އަހަރަށް ޖަލަށްލާން ހުކުމް ކުރި މައްސަލަ މާދަމާ ހައިކޯޓުން ނިންމަން ވަނީ ތާވަލުކޮށްފަ އެވެ. އެ މައްސަލަ ތާވަލު ކޮށްފައި މިވަނީ މައްސަލައިގެ އަޑުއެހުންތައް ނޮވެންބަރު 21، 2023 ގައި ނިމި އެތައް މަހެއް ހޭދަވީ ފަހުންނެވެ.މިރޭ އޮތް ކެމްޕެއިން ޖަލްސާއެއް ގައި ރައީސް މުއިއްޒު ވިދާޅުވީ ޔާމީންގެ މައްސަލަ ލަސްވާތީ އެކަން ޖޭއެސްސީ ބަލަން ހުށައަޅުއްވާނެ ކަމަށް މަޖިލީހުގެ ރައީސް / ޖޭއެސްސީގެ މެންބަރު މުހައްމަދު އަސްލަމް ވިދާޅުވިތާ ދެތީން ދުވަސްތެރޭ ހުކުމްގެ އަޑުއެހުން ތާވަލު ކުރުމުން ޖުޑީޝަރީގައި އެމްޑީޕީން ނުފޫޒު ހިންގާ މިންވަރު ހާމަވާ ކަމަށެވެ. އެއީ ވަރަށް ބޮޑު ކަންބޮޑުވުމެއް އޮތް ކަމެއް ކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ ކަން ހިނގާ ދިޔަ ގޮތުން ޔާމީންގެ މައްސަލަ ލަސް ކުރަން އެމްޑީޕީން ޖުޑީޝަރީއަށް ނުފޫޒު ފޯރުވާން ކުރި މަސައްކަތް ސާބިތުވެއްޖެ ކަމަށެވެ."މިއޮއްހާ ދުވަހު އެ ބޭފުޅުން ހިފެހެއްޓީ ނޫންތޯ. އެ ބޭފުޅުން ބޭނުންވީމަ އެބަ ޝެޑިއުލް ކުރެވޭ،"ރައީސް ވިދާޅުވީ ޔާމީން މިނިވަންވެވަޑައިގަތުމަކީ އެމަނިކުފާނުގެ ވަރަށް ބޮޑު އުންމީދެއް ކަމަށާ ކެމްޕެއިން ގައި ވެސް ތަކުރާރުކޮށް އެ ވާހަކަ ވިދާޅުވެފައިވާނެ ކަަމަށެވެ. އަދި އިންތިހާބުން ކާމިޔާބު ލިބުމަށް ފަހު ބޭއްވެވި ފުރަތަމަ ބައްދަލްވުމުގައި އެންމެ ފުރަތަމަ ވެސް ގޮވާލެއްވީ ރައީސް ޔާމީން ގެއަށް ބަދަލު ކުރެއްވުމަށް ކަމަށެވެ."އަޅުގަނޑު މީގެ ކުރީން ވެސް އާންމުކޮށް ހުންނާނެ ގޮވާލާފައި ހުންނާނެ ޖުޑީޝަރީއަށް އެމަނިކުފާނުގެ މައްސަލަ އިންސާފުވެރި ކަމާ އެކު އަވަހަށް ނިންމަަދޭށޭ. އެކަން އޮންނާނީ އަޅުގަނޑު ގޮވާލާފައި،"ރައީސް ތަކުރާރު ކުރައްވާ ވިދާޅުވީ ރައީސް ޔާމީން މާދަމާ މިނިވަން ވެވަޑައިގަތުމަކީ ވަރަށް ބޮޑު އުންމީދެއް ކަމަށާ އެއާ އެކު ކުރީގެ ހުރިހާ ރައީސުން މިނިވަންކަމާ އެކު އުޅުއްވުމުގެ ފުރުސަތު ތަނަވަސް ވެގެންދާނެ ކަމަށެވެ."އަޅުގަނޑުގެ ދުއާ އަކީ އަޅުގަނޑު އަބަދުވެސް ދަންނަވަމުން އައި ގޮތަށް ދުއާ އަކީ ރައީސް ޔާމީން މިނިވަން ވެގެން އައުން،"މި ސަރުކާރުން ޝަރުއީ ނިޒާމަށް ނުފޫޒު ފޯރުވަން ކުރި އެއްވެސް ކަމެއް ނޯންނާނެ ކަމަށް ވެސް ތަކުރާރުކޮށް ވިދާޅުވި އެވެ. ޖުޑީޝަރީއަށް ނުފޫޒު ފޯރުވާނަމަ ގުޅިފަޅު ހިއްކުން ހުއްޓުވާ މޭޔަރުގެ ރޭހަށް ކޮންގްރެސްގެ އިން ނެރުނު ކެންޑިޑޭޓް އާޒިމާ ޝަކޫރަށް ކޯޓްތަކުން ކުރިމަތި ކުރުވި ކަންކަން އެ ގޮތަށް ހިނގީސްތޯ ސުވާލު ކުރެއްވި އެވެ.އަދި ވިދާޅުވީ ޝަރުއީ ނިޒާމަށް އެމްޑީޕީން ނުފޫޒު ފޯރުވަނީ ޖޭއެސްސީ ބޭނުން ކޮށްގެން ކަމުން ޖޭއެސްސީ ބަދަލު ކުރަން ޖެހޭ ކަމަށެވެ. ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލު ކުރުމަކީ އެމަނިކުފާނުގެ ރިޔާސީ ވައުދެއް ކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ އެކަން ކުރެވޭނީ މަޖިލީހުގެ މެޖޯރިޓީ ލިބިގެން ކަމަށެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ