ބަންޑުން ޖަހާލި ކޮޅުވެއްޓިން ގެއްލުނު މީހާގެ ހަށިގަނޑު ފެނިއްޖެ

ބަންޑުން ޖަހާލި ލޭންޑިންގ ކްރާފްޓުން ގެއްލިގެން ހޯދަމުންދިޔަ މީހާގެ ހަށިގަނޑު ފެނިއްޖެއެވެ.
ބަންޑުން ޖަހާލީ ރ. ކުޑަކުރަތު ރިސޯޓުން ފުރައިގެން މާލެއަށް ދަތުރުކުރި "ލިއޯ ޕާލް" ނަމަކަށް ކިޔާ ލޭންޑިންގ ކްރާފްޓެކެވެ. ގެއްލިގެން ހޯދަމުންދިޔައީ ބިދޭސީއެކެވެ.
އޭގެން ދަތުރުކުރި 5 މީހުންގެ ތެރެއިން ގެއްލުނު މީހާގެ ހަށިގަނޑު ފެނިފައިވަނީ ބަންޑުން ޖަހާލި ކޮޅުވެއްޓީގެ ދަށުގައި ވަނިކޮށް ކޯސްޓްގާޑުގެ ޑައިވަރުންނަށްކަމަށް އެމް.އެން.ޑީ.އެފްއިން ވިދާޅުވެއެވެ. އަދި ފެނުނުއިރު އޭނާގެ އެއްވެސް ހަރަކާތެއް ނެތްކަމަށްވެސް އެމްއެންޑީއެފްއިން ވިދާޅުވެއެވެ.
މި ލޭންޑިންގ ކްރާފްޓް ދަތުރުކުރި 5 މީހުންގެ ތެރެއިން 4 މީހުން ކަނޑުވެފައި ވަނިކޮށް ރޭ ފަތިހު ސީއެމްބިއުލޭންސް 21 އަށް ނަގާފައިވާކަމަށް އެމް.އެން.ޑީއެފްއިން ވިދާޅުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ