ޗިކުންގުންޔާ ހަލުއިކޮށް ފެތުރެނީ؛ މި މަހު މިހާތަނަށް 59 ކޭސް

ޗިކުންގުންޔާ އާއި ޑެންގޫ ފަދަ މަދިރީގެ ޒަރީއްޔާ އިން ފެތުރޭ ބަލިތަކުން ރައްކާތެރި ވުމަށް އޮތް އެންމެ ފަސޭހަ ގޮތަކީ މަދިރި އާލާވާ ތަންތަން ނައްތާލުން. މިކަމަށް ހާއްސަ ސަމާލުކަން ދިނުމަށް އިލްތިމާސްކުރަން،" މިނިސްޓަރު އިލްތިމާސްކުރެއްވި އެވެ.
ރާއްޖޭގައި މިދުވަސްކޮޅު ޗިކުންގުންޔާ ފެތުރޭ މިންވަރު އިތުރުވެ، މިމަހުގެ މިހާތަނަށް މާލޭ ސަރަހައްދުން 59 ކޭސް ފެނިފައިވާ ކަމަށް ހެލްތު މިނިސްޓްރީން ބުނެފި އެވެ.
ޗިކުންގުންޔާއަކީ ޑެންގީ ހުން ފަތުރާ އީޑީސް މަދިރީގެ ޒަރިއްޔާއިން ފަތުރާ ވައިރަލް ހުމެކެވެ. މި ބަލި ޖެހުމުން ހުޅުހުޅުގައި ރިއްސުމާއި އަދި ބައެއް ފަހަރު ހުޅު ދުޅަވެ އެވެ. އަދި އެކަމުގެ އުނދަގޫތައް ގިނަ ދުވަސް ވާންދެން ކުރިމަތިވެ އެވެ.ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް މިއަދު ވިދާޅުވީ ރާއްޖޭގައި ޗިކުންގުންޔާ ފެތުރޭ މިންވަރު އިތުރުވަމުން ދާތީ، މި ދުވަސްވަރަކީ ވިއްސާރަ ދުވަސްކޮޅަކަށްވުން ހާއްސަ ފިޔަވަޅުތައް ނާޅާއިފިނަމަ ބަލި ފަތުރާ މަދިރި އުފެދޭ މިންވަރު އިތުރުވެގެން ދާނެ ކަމަށެވެ."ޗިކުންގުންޔާ އާއި ޑެންގޫ ފަދަ މަދިރީގެ ޒަރީއްޔާ އިން ފެތުރޭ ބަލިތަކުން ރައްކާތެރި ވުމަށް އޮތް އެންމެ ފަސޭހަ ގޮތަކީ މަދިރި އާލާވާ ތަންތަން ނައްތާލުން. މިކަމަށް ހާއްސަ ސަމާލުކަން ދިނުމަށް އިލްތިމާސްކުރަން،" މިނިސްޓަރު އިލްތިމާސްކުރެއްވި އެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ