ބަދަލުގެ ގޮތުގައި ސޯލިހް ސަރުކާރުން 2.4 ބިލިއަން، މި ސަރުކާރުން އެންމެ ރުފިޔާއެއް ވެސް ނުދެން: ރައީސް

"މި ސަރުކާރު އައިފަހުން މިވީ އަށް މަސް ދުވަސްތެރޭގައި އެންމެ ރުފިޔާއެެއް ވެސް ބަދަލުގެ ގޮތުގައި ނުދެކެން. އެއީ ސިޔާސީ މަސައްކަތެއްގެ ގޮތުގައި ކުރިކަމެއް އޭރު،"
ބަދަލުގެ ގޮތުގައި މި ސަރުކާރު އައި ފަހުން އެއްވެސް ބަޔަކަށް ފައިސާ ދީފައިނުވާނެ ކަމަށާ މިހާތަނަށް އެންމެ ރުފިޔާއެއް ވެސް އެގޮތަށް ދީފައިނުވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ގެއްލުމުގެ ބަދަލު ކަމަށް ބުނެ ފައިސާ ދިނުމަށް ކުރީ ސަރުކާރުން ސެޓްލްމަންޓް ކޮމިޓީއެއް އުފެއްދި އެވެ.  އެއީ "ސަރުކާރާ އަމިއްލަ ފަރާތްކަކާ ދެމެދު ވެފައިވާ އެއްބަސްވުންތަކާ ގުޅިގެން އުފެދިފައިވާ މައްސަލަތައް ހައްލުކުރުމުގައި އަމަލުކުރުނާ ގޮތުގެ އުސޫލު" ގެ ދަށުން ކުރީ ސަރުކާރުން އުފެއްދި ކޮމެޓީއެކެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެން އެ އުސޫލު ވަނީ އުވާލައްވާފަ އެވެ.މިނިވަން ދުވަހުގެ މުނާސަބަތުގައި މިރޭ އޮތް ރަސްމީ ޖަލްސާގައި ރައީސް މުއިއްޒު ވިދާޅުވީ މިދިޔަ ސަރުކާރުން ބަދަލުގެ ގޮތުގައި 2.4 ބިލިއަން ރުފިޔާ އެކި ފަރާތްތަކަށް ދީފައިވާ ކަމަށެވެ. އެއީ ސިޔާސީ މަސައްކަތެއް ކަމަށް ވިދާޅުވެ އެފަަދަ ކަމެއް އެމަނިކުފާނުގެ ސަރުކާރުން ނުކުރައްވާނެ ކަމަށް ވިދާޅުވި އެވެ.ވިދާޅުވީ އެމަނިކުފާނު ކުރައްވާ ކޮންމެ މަސައްކަތެއް ވެސް ކުރައްވާނީ އިހްލާސްތެރި ކަމާއެކު ކަމަށެވެ. މިދިޔަ އަށް މަސް ދުވަހު މި ސަރުކާރުން އިސްވެ ބަދަލުގެ ގޮތުގައި އެންމެ ރުފިޔާއެއް ވެސް ދީފައިނުވާ ކަމަށާ މިދިޔަ މުއްދަތުގައި ބަދަލުގެ ގޮތުގައި ދިން ފައިސާ އަކީ މިދިޔަ ސަރުކާރުގައި ކޮށްފައިވާ އެކި ކަންކަމާއި ގުޅިގެން ކޯޓުން ނިންމާ ބަދަލުދޭން އަންގާފައިވާ މައްސަލަތަކާއި ގުޅިގެން ދިން 119.7 މިލިއަން ރުފިޔާ ކަމަށް ވިދާޅުވި އެވެ."މި ސަރުކާރު އައިފަހުން މިވީ އަށް މަސް ދުވަސްތެރޭގައި އެންމެ ރުފިޔާއެެއް ވެސް ބަދަލުގެ ގޮތުގައި ނުދެކެން. އެއީ ސިޔާސީ މަސައްކަތެއްގެ ގޮތުގައި ކުރިކަމެއް އޭރު. އަޅުގަނޑުމެން އެފަދަ ކަމެއް ނުކުރާނަން،"
ގެއްލުމުގެ ބަދަލުގެ ގޮތުގައި މިދިޔަ އަހަރު ފަސް އަހަރު ތެރޭގައި ދިން އަދަދު ދެ ބިލިއަން ރުފިޔާއަށްވުރެ މަތި ކަމަށް ސަރުކާރުގެ ރަސްމީ މައުލޫމާތު ތަކުން ދައްކައެވެ.
މި ރިޕޯޓުގައިވާ ގޮތުން ދައުލަތުން ގެއްލުމުގެ ބަދަލު ދޭން ޖެހޭ ފައިސާގެ އަދަދު ފާއިތުވެ ދިޔަ އަހަރުތަކުގައި އިތުރުވަމުން ގޮސްފައި ވެއެވެ. އެގޮތުން 2019 ވަނަ އަހަރުގެ ގަޒިއްޔާތަކާއި ގުޅިގެން އެކި ފަރާތްތަކަށް 1.4 ބިލިއަން ރުފިޔާއަށްވުރެ ބޮޑު އަދަދެއް ދައްކާފައި ވެއެވެ. އެ އަހަރު ގެއްލުމުގެ ބަދަލު އިތުރު ވެގެން ގޮސްފައިވަނީ ނޫމަޑި ކުންފުންޏާއި ދިވެހި ސަރުކާރާއި ދެމެދު ތަރައްގީގެ އެކި މަސައްކަތްތައް ކުރިއަށް ގެންދަން ކުރެވިފައިވާ އެއްބަސްވުންތަކާއި ގުޅިގެންނެވެ. ބަދަލުގެ ގޮތުގައި ދޫކުރި އަދަދު އިތުރުވެފައިވަނީ ވެސް އެހެން ވެގެންނެވެ. 
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ