ބުރޫނާއި ގަވަރމެނޓް ސްކޮލަޝިޕް ޕްރޮގްރާމަށް ކުރިމަތިލުމަށް ހުޅުވާލައިފިއެވެ.
ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ބުނީ ބުރޫނާއި ސަރުކާރުގެ ފަރާތުން ކުރިއަށްގެންދާ ބުރޫނާއި ގަވަރމެނޓް ސްކޮލަޝިޕް ޕްރޮގްރާމް 2025/2026 ގެ ދަށުން 5 ޔުނިވަރސިޓީއަކުން ޑިޕްލޮމާ، އަންޑަރގްރެޖުއެޓް ޑިގްރީ އަދި ޕޯސްޓްގްރެޖުއެޓް މާސްޓަރސް ޑިގްރީގެ ފުރުސަތުތައް ދިވެހިރާއްޖެއަށް ލިބިފައިވާ ކަމަށެވެ.
އަދި މިސްކޮލަރޝިޕަށް ކެންޑިޑޭޓުން ހޮވުމުގެ ހުރިހާ މަސައްކަތެއް ކުރާނީ ސްކޮލަޝިޕްދޭ ފަރާތުން ކަމަށެވެ. އަދި މިސްކޮލަރޝިޕް ފުރުސަތުތަކަށް ޝައުގުވެރިވާ ފަރާތްތަކުން 15 ފެބްރުއަރީ 2025 ވާ ހޮނިހިރު ދުވަހު ބުރޫނާއި ގަޑިން 16:00ގެ ކުރިން https://www.mfa.gov.bn/pages/online-bdgs.aspx މެދުވެރިކޮށް އޮންލައިން އެޕްލިކޭޝަން އޭގައި ބަޔާންކުރާ އެންމެހައި ޑޮކިއުމެންޓްތަކާއެކު ހުށަހަޅަންވާނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
މީގެއިތުރުން ޕްރޮފެޝަނަލް ނުވަތަ ލައިސެންސިންގ ދާއިރާތަކުގެ ޕްރޮގްރާމް ހެދުމަށް ހޮވޭ ފަރާތްތަކުން، އެ ޕްރޮގްރާމެއް ފުރިހަމަކުރަން ފެށުމުގެ ކުރިން، ކަމާބެހޭ އިދާރާއަކުން (މިސާލު: މޯލްޑިވްސް އެލައިޑް ހެލްތް ކައުންސިލް، މޯލްޑިވްސް ނަރސިންގ އެންޑް މިޑްވައިފްރީ ކައުންސިލް، މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް، ސިވިލް އޭވިއޭޝަން އޮތޯރިޓީ ފަދަ ތަންތަނުން) ޤަބޫލުކުރާ މަރުކަޒެއްގައި ހިންގާ، އެ އިދާރާއަކުން ޤަބޫލުކުރާ ޕްރޮގްރާމެއްކަން ކަށަވަރު ކުރަންވާނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
ބުރޫނާއި ގަވަރމެނޓް ސްކޮލަޝިޕް ޕްރޮގްރާމަށް ކުރިމަތިލުމަށް ހުޅުވާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ