އާ އަހަރު ފާހަގަ ކުރުމަށް ބާއްވަން ނިންމި "ދިވެހީންގެ ރާއްޖެ ފެސްޓިވަލް 2024"ގެ ރޭގަނޑު ހަރަކާތްތައް ފަސްކުރަން އެކަން އިންތިޒާމުކުރި މިނިސްޓްރީ އޮފް ޔޫތު އެމްޕަވަމަންޓް، އިންފޮމޭޝަން އެންޑް އާޓްސް އިން ނިންމައިފި އެވެ.
މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ އެ ފެސްޓިވަލްގައި ބައިވެރިވުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިއްބި ރައްޔިތުންގެ ޝައުގުވެރިކަން ހުރި ކަމަށެވެ.
ނަމަވެސް މެޓް އޮފީހުން ރާއްޖޭގެ ގިނަ ސަރަހައްދުތަކުގައި މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ޔެލޯ އެލާޓް ނެރެފާވާތީ ދަތުރުފަތުރު ކުރުމުގައި ދިމާވާނެ ދަތިތަކާ ގުޅިގެން އެ ފެސްޓިވަލްގެ ރޭގަނޑު ބޭއްވުމަށް ހަމަޖެހިފައިވާ ހުރިހާ ހަރަކާތްތަކެއް ފަސްކޮށްފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.
ރޭގަނޑު ބާއްވަން ނިންމީ މިޔުޒިކް ޝޯ، ލޭޒާ ޝޯ އާއި ހަވާ އެރުވުމެވެ.
The most trusted news source in the Maldives
މޫސުން ރަނގަޅުވުމުން ފެސްޓިވަލް ބާއްވާނެ ތާރީހެއް ކަނޑައެޅުމަށްފަހު އަންގާނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
މޫސުން ގޯސްވުމުން ހަވާ އެރުވުމާއި މިއުޒިކް ޝޯ ފަސްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ