ބާސްކެޓްބޯލް ވިތައުޓް ބޯޑާސްގެ ކޭމްޕްގައި މި ފަހަރު ރާއްޖޭން ޝުބާ ބާސްކެޓްބޯލް ވިތައުޓް ބޯޑާސްގެ ކޭމްޕްގައި މި ފަހަރު ރާއްޖޭން ޝުބާ

ދުނިޔޭގެ ބާސްކެޓްބޯޅަ ޖަމިއްޔާ، އިންޓަނޭޝަނަލް ބާސްކެޓްބޯލް ފެޑެރޭޝަން (ފީބާ) އާއި ނެޝަނަލް ބާސްކެޓްބޯލް އެސޯސިއޭޝަން (އެންބީއޭ) އިން ގުޅިގެން ކުރިއަށްގެންދާ ބާސްކެޓްބޯލް ވިތައުޓް ބޯޑާސް އޭޝިއާ ކޭމްޕްގައި ރާއްޖޭން ފާތިމަތު ޝުބާ ޝުޖާއު ބައިވެރިވަމުން އެބަދެ އެވެ.
ސިންގަޕޫރުގައި، މިހާރު ކުރިއަށްދަމުން އަންނަ، ބާސްކެޓްބޯލް ވިތައުޓް ބޯޑާސްގެ 15 ވަނަ އެޑިޝަންގައި ބައިވެރިވުމުގެ ފުރުސަތު ޝުބާ އަށް ލިބިގެންދިޔައީ، އެންބީއޭ އާއި ފީބާ އިން، މި ޕްރޮގްރާމްގައި ބައިވެރި ކުރަން ބަލާ މިންގަނޑުގެ ތެރެއިން، ޝުބާގެ ހުނަރާއި ލީޑަޝިޕްގެ ކަންކަން ރަނގަޅުވުމުންނެވެ.
އަދި، ގައުމީ އާއި ބައިނަލްއަގުވާމީ ލެވަލްގައި ޝުބާގެ ހުނަރު ޑިވެލޮޕްކުރެވޭނެ މިންވަރު ދެނެގަނެ، މި ކޭމްޕުގެ ޒަރިއްޔާ އިން އިތުރަށް ކުރިއެރުވޭނެ ކަމުގެ ފުރުސަތު ބޮޑުކަން، އެންބީއޭ އާއި ފީބާ އަށް ގަބޫލުކުރެވޭތީ އެވެ.
ސިންގަޕޫރުގެ ބާސްކެޓްބޯޅަ ސެންޓަރުގައި، މި މަހު 19 އިން މާދަމާގެ ނިޔަލަށް މި ޕްރޮގްރާމް ކުރިއަށްގެންދާއިރު، މިއީ، 2010 ވަނަ އަހަރުގެ ފަހުން، އެ ގައުމުގައި މި ކޭމްޕް ކުރިއަށްގެންދާ ފުރަތަމަ ފަހަރެވެ.
އެ ގޮތުން، މި ފަހަރުގެ އޭޝިއާ ކޭމްޕްގައި، 17 އަހަރު ނޫނީ އެ އަށް ވުރެ ދަށް އުމުރުފުރާގެ، 60 އަންހެން ކުޅުންތެރިންނާއި 60 ފިރިހެން ކުޅުންތެރިން ބައިވެރިވެ އެވެ.
ފީބާ އާއި އެންބީއޭ އަދި ޑަބްލިއުއެންބީއޭގެ ފެންވަރު މަތީ ކުޅުންތެރިންނާއި ކޯޗުންނާ ގުޅިގެން، ކުރިއަށްގެންދާ މި ޕްރޮގްރާމްގެ ތެރެއިން، ކޭމްޕަރުންނަށް، ލައިފް ސްކިލްސް، ލީޑަޝިޕް ޑިވެލޮޮޕްމަންޓް އަދި ސޯޝަލް ރެސްޕޮންސިބިލިޓީ ޕްރޮގްރާމިންގެ ކަންކަން ކުރިއަށްގެންދާނެ އެވެ.
ބާސްކެޓްބޯލް ވިތައުޓް ބޯޑާސް، 2001 ވަނަ އަހަރު ފެށިއިރު، މިހާތަނަށް އެ ކޭމްޕްގެ ތެރެއިން، 4600 އަށް ވުރެ ގިނަ އެތުލީޓުން ޓްރެއިންކޮށްފަ އެވެ. އޭގެ ތެރޭގައި، 144 އަށް ވުރެ ގިނަ ގައުމުގެ އެތުލީޓުން ހިމެނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ