މެންޗެސްޓާ (މާޗް 13) - މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗުކަމުން މިދިޔަ ނޮވެމްބަރު މަހު ވަކިކުރި އެރިކް ޓެން ހާގްގެ ވިސްނުން ހުރީ 10 އަހަރު ޔުނައިޓެޑްގެ ކޯޗުކަން ކުރުމަށް ކަމަށް އޭނާގެ އެސިސްޓަންޓް ކޯޗަކަށް ހުރި ދެކުނު އެފްރިކާގެ ކުރީގެ ފޯވާޑް، ބެނީ މެކާތީ ބުނެފި އެވެ.
މީގެ ކުރިން އަޔަކްސް އަށް ވެސް ކޯޗުކަންކޮށްދިން ޓެން ހާގް އަށް ޔުނައިޓެޑްގެ ކޯޗުކަމުގެ މަގާމުގައި ދެމިހުރެވުނީ ދެ އަހަރާއި ބައިގެ މުއްދަތެއް ވަންދެނެވެ.
ޔުނައިޓެޑްގެ ކޯޗުކަމުން ޓެން ހާގް ވަކިކުރީ ސީޒަނުގެ ކުރީކޮޅު އެ ޓީމުން ނެރެމުންދިޔަ ދަށް ނަތީޖާތަކުގެ ސަބަބުންނެވެ. އޭނާ ވަކިކުރީ މިދިޔަ ނޮވެމްބަރު މަހު އެވެ. ޓެން ހާގް ވަކިކުރަން ޔުނައިޓެޑުން 20 މިލިއަން ޑޮލަރުގެ ހޭދައެއް ކުރަން ޖެހުނެވެ. އެއީ، އޭނާ އާއި ކޯޗިން ސްޓާފުންގެ ކޮންޓްރެކްޓް މުއްދަތުގެ ބާކީ ބަޔަށް ދައްކަން ޖެހުނު ފީ ހަމަޖައްސައިދިނުމުގެ ގޮތުންނެވެ.
ދާދި ފަހުން، ކެންޔާ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވި މެކާތީ، ބީބީސީ އެފްރިކާ އަށް ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ، ދުނިޔޭގެ އެންމެ ވަރުގަދަ އެއް ކްލަބް ކަމަށްވާ ޔުނައިޓެޑްގައި ޓެން ހާގްގެ އެސިސްޓަންޓަކަށް މަސައްކަތްކޮށްލަން ލިބުމަކީ ޝަރަފެއް ކަމަށެވެ.
"ޕްރޮފެޝަނަލްކޮށް ކަންކަން ކުރަންވީ ވަރަށް ގިނަ ގޮތްތައް އަހަންނަށް ދަސްވި، އެންމެން ވެސް އެ ދައްކަނީ މެންޗެސްޓާ ޔުނައިޓެޑްގެ ދަށްވާހަކަ، އަހަންނަށް ފެނުނު މަންޒަރަށް ބަލާއިރު، ޓެން ހާގްގެ ޕްލޭނެއް އޮތް، އަހަރެމެން ދިޔައީ ކުރިއަށް، ޓެން ހާގްގެ ވިޝަން އަކަށް ވެފައި އޮތީ 10 އަހަރު ޔުނައިޓެޑްގެ ކޯޗަކަށް ހުންނަން،" ޕްރިމިއާ ލީގުގެ ކްލަބްތަކަށް ކުޅުނު މެކާތީ ބުންޏެވެ.
ދާދި ފަހުން މީޑިއާ އަކަށް ދިން އިންޓަވިއުއެއްގައި ޓެން ހާގް ބުނީ, ދެން އޭނާ މި ސީޒަނުގައި އެއްވެސް ކްލަބެއްގެ ކޯޗެއްގެ ގޮތުގައި ނުފެންނާނެ ކަމަށެވެ. އެކަމަކު، އަންނަ ސީޒަނުގައި ޔޫރަޕްގެ ބޮޑު ލީގެއްގެ ކޯޗެއްގެ ގޮތުގައި ފެންނާނެ ކަމަށްވެސް ޓެން ހާގް ބުންޏެވެ.
އާރްބީ ލައިޕްޒިގުގެ ކޯޗަކަށް ޓެން ހާގް ހަމަޖައްސަން ޝޯޓް ލިސްޓު ކުރެވުނު ނަމަވެސް، ރެޑްބުލް ފުޓްބޯލް ނެޓްވޯކްގެ ޑިރެކްޓަރަކަށް ހުރި ލިވަޕޫލްގެ ކުރީގެ ކޯޗު، ޔާގަން ކްލޮޕް ވަނީ އެ ވިސްނުން ދޫކޮށްލަން މެނޭޖްމަންޓަށް ލަފާދީފަ އެވެ.
ޓެން ހާގް ވިސްނީ 10 އަަަހަރު ޔުނައިޓެޑްގެ ކޯޗުކަން ކުރަން ޓެން ހާގް ވިސްނީ 10 އަަަހަރު ޔުނައިޓެޑްގެ ކޯޗުކަން ކުރަން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ