ކާތިކަށް ވަރުންއާ އެކު މަސައްކަތްކުރެވޭ ގޮތެއް ނުވި
މަޝްހޫރު ޑައިރެކްޓަރު ޑޭވިޑް ދަވަންގެ ރޮމޭންޓިކް ކޮމެޑީ ފިލްމު "މުޖްސޭ ޝާދީ ކަރޯގީ"ގެ ކާސްޓުން ކާތިކް އާރްޔަން ފެނުމުގެ ފުރުސަތު ކުޑަ ކަމަށް ފިލްމީ ރިޕޯޓުތައް ބުނެފިއެވެ. މި ރޮމޭންޓިކް ކޮމެޑީ އިއުލާނު ކުރުމާ އެކު ބައެއް ރިޕޯޓުތަކުން ބުނެފައި ވަނީ ފިލްމުގެ ލީޑް ތަރިންގެ ގޮތުގައި ފެންނާނީ ވަރުން ދަވަން އަދި ކާތިކް އާރްޔަން ކަމަށެވެ. ނަމަވެސް ފިލްމީ ޚަބަރުތައް ގެނެސްދޭ މީޑިއާތަކުން ބުނެފައި ވަނީ ކާތިކްއަށް މި ވަގުތު "މުޖްސޭ ޝާދީ ކަރޯގީ 2"އަށް ވަގުތު ދެވެން ނެތް ކަމަށެވެ. އެހެންކަމުން ވަރުންއާ އެކު އެކްޓަރު މި ފިލްމުން ފެނުމުގެ ފުރުސަތު ކުޑަ ކަމަށް ރިޕޯޓުތައް ބުނެއެވެ. މިދިޔަ އަހަރު ދެ ފިލްމަކުން ބެލުންތެރިންނަށް ފެނުނު ކާތިކް އަންނަނީ މިހާރު ވެސް ތިން ފިލްމެއްގެ މަސައްކަތް ކުރަމުންނެވެ. އޭގެތެރޭގައި ޑައިރެކްޓަރު އަނޫރާގު ބާސޫގެ ލޯބީގެ ފިލްމެއްގެ އިތުރުން ދާދިފަހުން ދަރުމާއިން ތައާރަފްކުރި "ނާގްޒިއްލާ" ވެސް ހިމެނެއެވެ. ފިލްމު "މުޖްސޭ ޝާދީ ކަރޯގީ"ގެ މަންޒަރެއްގައި ސަލްމާން ޚާން، އަކްޝޭ ކުމާރު އަދި ޕްރިޔަންކާ ޗޯޕްޅާ--ފޮޓޯ/ބޮލީވުޑްހަންގާމާ އެހެންވެ ކާތިކް އިތުރު ފިލްމަކަށް ސޮއިކުރުމުގެ ކުރިން ބޭނުންވަނީ މިހާރު މަސައްކަތް ފަށާފައިވާ ފިލްމުތައް ނިންމާލުމަށްފަހު އެހެން ފިލްމަކަށް އެއްބަސްވުމަށް ކަމަށް ރިޕޯޓުތައް ބުނެއެވެ. ހަމައެއާއެކު ކާތިކްގެ ވިސްނުން ބޮޑަށް ހުރީ ސޯލޯ ފިލްމުތަކަށް އިސްކަން ދިނުމަށް ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ. ނަމަވެސް ޑޭވިޑް ދަވަންގެ މި ފިލްމުން ވަރުން ދަވަން ފެންނާނެކަން ވަނީ ކަށަވަރުވެފައެވެ. ވަރުން މި ފިލްމުން ފެންނާނެކަން ކަށަވަރުވެފައިވާއިރު އެކްޓަރު ވަނީ މިހާރު ވެސް ފަސް ފިލްމަކަށް ސޮއިކޮށްފައެވެ. އޭގެތެރޭގައި ހެއްވާ މަޝްހޫރު ފްރެންޗައިސް ފިލްމު "ނޯ އެންޓްރީ 2" ވެސް ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ