ރާއްޖެ ބަލިކުރުމަކީ ބަންގްލަދޭޝް އަތުން މޮޅުވާން އެޅޭ ފިޔަވަޅެއް ރާއްޖެ ބަލިކުރުމަކީ ބަންގްލަދޭޝް އަތުން މޮޅުވާން އެޅޭ ފިޔަވަޅެއް

އޭޝިއަން ކަޕް ކޮލިފައިންގައި މި މަހު 10 ވަނަ ދުވަހު، ބަންގްލަދޭޝްގައި އެ ގައުމާ ދެކޮޅަށް ކުޅެގެން މޮޅުވުމަށްޓަކައި، އެޅޭނެ ފިޔަވަޅެއްގެ ގޮތުގައި ރާއްޖޭގެ މައްޗަށް އަމިއްލަ ދަނޑުގައި ކުރިހޯދަން ޖެހޭނެ ކަމަށް ސިންގަޕޫރުގެ ކޯޗު، ޖަޕާނުގެ ސުޓޯމޫ އޮގޫރާ ބުނެފި އެވެ.
އޭޝިއަން ކަޕްގެ ކޮލިފައިންގައި ސިންގަޕޫރު ކުޅުނު ފުރަތަމަ މެޗުން އަމިއްލަ ދަނޑުގައި ވަނީ ހޮންް ކޮންގާ 0-0 އިން އެއްވަރުވެފަ އެވެ. ދެ ވަނަ މެޗުގައި، މި މަހު 10 ވަނަ ދުވަހު ޑާކާގައި ސިންގަޕޫރުން ބަންގްލަދޭޝާ ކުޅޭނެ އެވެ.
އޮގޫރާ ބުނީ، އަމިއްލަ ސަޕޯޓަރުންގެ ކުރިމަތީގައި ފުޓްބޯޅައިގެ ކާމިޔާބީ ހޯދަން އަބަދުވެސް ޝައުގުވެރިވާ ކަމަށެވެ.
"ތެދެއް، އަހަރެމެންގެ ފޯކަސް މި އޮތީ ބަންގްލަދޭޝް މެޗަށް، އެކަމަކު، އަހަރެމެން އަމިއްލަ ސަޕޯޓަރުންގެ ކުރިމަތީގައި ކުޅޭ މެޗުން (ރާއްޖެ މެޗުން) މޮޅުވުން ވެގެންދާނީ، ދެން ކުޅެން ޖެހޭ މެޗު (ބަންގްލަދޭޝް މެޗުން) ކާމިޔާބު ހޯދުމަށް އެެޅޭ ފިޔަަވަޅަކަށް،" މިދިޔަ އަހަރު ސިންގަޕޫރުގެ ކޯޗުކަމާ ހަވާލުވި އޮގޫރާ ބުންޏެވެ.
ސިންގަޕޫރާ ދެކޮޅަށް ކުޅޭ މެޗަކީ، ރާއްޖޭން އޭޝިއަން ކަޕްގައި ޓިމޯ ލެސްޓޭއާ ކުޅޭ މެޗަށް ތައްޔާރުވުމުގެ ގޮތުން ބޭނުންހިފާނެ މެޗެއްގެ ގޮތުގައި ރާއްޖެ ޓީމުގެ ކޯޗު، އަލީ ސުޒޭން ވެސް އިއްޔެ ވަނީ ބުނެފަ އެވެ.
މީގެ ކުރިން، 2022 ވަނަ އަހަރު ރާއްޖެ އަތުން އެކުވެރިކަމުގެ މެޗެއްގައި ސިންގަޕޫރު ވަނީ 3-1 އިން މޮޅުވެފަ އެވެ. އޮގޫރާ ބުނީ، މިދިޔަ އަހަރު ސިންގަޕޫރަށް އަމިއްލަ ގައުމުގައި ބައިނަލްއަގުވާމީ މެޗުތަކެއް ކުޅުމުގެ ފުރުސަތު ލިބިފައިވަނީ ވަރަށް މަދުން ކަމަށެވެ. އެ ގޮތުން، އަމިއްލަ ދަނޑުގައި ކުޅެލަން ލިބޭ ކޮންމެ މެޗެއްގެ ވެސް އެންމެ ފުރިހަމަ ބޭނުންހިފަން ވީ އެންމެ ރަނގަޅަށް މަސައްކަތް ކުރާނެ ކަމަށް އޮގޫރާ ވަނީ ބުނެފަ އެވެ.
ސިންގަޕޫރާއި ރާއްޖެ ކުޅޭ މެޗު އޮންނާނީ މާދަމާ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ