ރާއްޖެއަށް ވައިގެމަގުން އެތެރެކުރަން އުޅެނިކޮށް ދާދިފަހުން އަތުލައިގަތް 18 ކިލޯގެ ޑްރަގްގެ މައްސަލާގައި, އެތަކެއްޗާ ހަވާލުވާންދިޔަ ބިދޭސީ މީހާގެ ބައިވެރިވުމެއް ނެތް ކަމަށް ފުލުހުން ބުނެފި އެވެ.
މިދިޔަ އަންގާރަ ދުވަހުގެ ރޭ އިންޑިއާގެ ބެންގަލޫރު މަގުން ރާއްޖެ ގެނަައި އެއާ ކާގޯ ޝިޕްމަންޓުގައި 18.62 ކިލޯ ހުރި އެ މަސްތުވާތަކެތީގެ މަގުމަތީ އަގު 26 މިލިއަން ދިވެހި ރުފިޔާއަށް އަރަ އެވެ. އެ ތަކެތި އަތުލައިގަތީ ކަސްޓަމްސުން ހިންގި އޮޕަރޭޝަނެއްގަ އެވެ.
އެ މައްސަލާގައި, އެ ތަކެއްޗާ ހަވާލުވާން ގޮސް ހުރި 35 އަހަރުގެ ބަންގްލަދޭޝް މީހަކު ކަސްޓަމްސްއިން ހިފެހެއްޓި ނަމަވެސް ފުލުހުން މިއަދު ބުނީ އެ މީހާއާ އެ ތަކެއްޗާ ގުޅުމެއް ނެތުމުން އޭނާ ދޫކޮށްލާފައިވާ ކަމަށެވެ.
އެތަކެތި އެތެރެކުރީ ކޮން ބައެއްގެ ނަމުގައި ކަމެއް ފުލުހުން ނުބުނެ އެވެ.
Thiladhun © 2019 – 2023| Made with ❤️ in #Thiladhunmathi
Thiladhun © 2019 – 2022
Made with ❤️ in #Thiladhunmathi
ރާއްޖެ އެތެރެކުރަނިކޮށް އަތުލައިގަތް 18 ކިލޯގެ ޑްރަގާ ހަވާލުވާން ދިޔަ މީހާ ދޫކޮށްލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ