މާދަމާއަކީ ދިވެހިރާއްޖެއަށް ވެސް ފިޠުރު ޢީދު ދުވަސް ކަމަށް ހަނދު ސާބިތުކުރާ ކޮމެޓީން މިރޭ ކަނޑައަޅައިފިއެވެ. މިކަން އިޢުލާންކޮށްފައިވަނީ ޝައްވާލު މަހުގެ ހަނދު ސާބިތުކުރުމަށް އިސްލާމީ މަރުކަޒުގައި ބޭއްވި ޖަލްސާއަށްފަހު އެވެ.
އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދުގެ ފަރާތުން އިއްވެވި ހަނދާ ބެހޭ ބަޔާނުގައި ވިދާޅުވި ގޮތުގައި، ރާއްޖޭގެ އެއްވެސް ރަށަކަށް ހަނދު ނުފެނުނު ނަމަވެސް، އިސްލާމީ ބައެއް ޤައުމުތަކަށް ހަނދު ސާބިތުވެފައިވާ ކަމުގެ ޚަބަރު ރަސްމީކޮށް ލިބިފައިވެއެވެ.
އެ މިނިސްޓްރީގެ ބަޔާނުގައި ވިދާޅުވެފައިވަނީ، މާރިޗު 30 ވާ އާދީއްތަ ދުވަހަކީ ހިޖުރީ ސަނަތުން 1446 ވަނަ އަހަރުގެ ޝައްވާލު މަހުގެ އެއްވަނަ ދުވަސް ކަމަށާއި، އަދި އެ ދުވަހަކީ މިއަހަރުގެ ފިޠުރު ޢީދު ދުވަސްކަމުގައި ކަނޑައަޅުއްވާފައިވާ ކަމަށެވެ.
ފާހަގަކޮށްލެވޭ ކަމަކީ، ދިވެހިރާއްޖޭގެ އިތުރުން ސަޢުދީ ޢަރަބިއްޔާއާއި އިސްލާމީ ވަރަށް ގިނަ ޤައުމުތަކުން ވެސް ވަނީ މާދަމާއަކީ މިއަހަރުގެ ފިޠުރު ޢީދު ދުވަސްކަމުގައި ކަނޑައަޅާފައެވެ.
މާދަމާއަކީ ރާއްޖެއަށް ފިޠުރު ޢީދު ދުވަސް ކަމަށް ކަނޑައަޅައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ