މާދަމާއަކީ ރާއްޖެއަށް ފިތުރު އީދުތޯ ނުވަތަ ނޫންތޯއާ މެދު އަދި ވިސްނާނެ ކަމެއް ނެތެވެ. އީދުގެ ކުރިން ވެސް އީދުގެ ތަހުނިޔާ އެކަކު އަނެކަކަށް ކީދާނެ އެވެ. އެގޮތުން ރައީސް މުހައްމަދު މުއިއްޒުގެ މަރުހަބާގެ މެސެޖްތައް ދިވެހި ރައްޔިތުންނަށް މިރޭ މިވަނީ ލިބެން ފަށައިފަ އެވެ.
ވީ ކިހިނެއް؟ - ދިވެހިން މިއަދު ހިފަ މި ނިންމީ 29 ރޯދަ އެވެ. އެހެންކަމުން މިރޭ ދެން އޮންނާނީ، އާންމު ބަހުން ނަމަ، 'ހަނދު ބެލުމެ'ވެ. އޭގެ ރަސްމިއްޔާތު ކުރިއަށް ދާނީ އިސްލާމީ މަރުކަޒުގައި މިރޭ 8:00ގަ އެވެ.
ތަފްސީލް - ހަނދާ މެދު ރަސްމީކޮށް ވަކި ގޮތެއް ނުނިންމިޔަސް ރޯދަމަހުގެ 29 ވަނަ ދުވަހަށް ފަހު އީދު މުބާރިކް ކިޔާ އުޅެ އެވެ. އެއީ ރައްޓެއްސަކާ މިރޭ ދިމާވުމާ އެކު ދެން ބުނެވެން އޮންނާނެ އެންމެ އުފާވެރި ބަހަކަށް ވެސް 'އީދު މުބާރިކް' ވާނެތީ އެވެ.
ބައެއް ކަންކަމުގައި އެސްއެމްއެސް މެދުވެރިކޮށް ރައީސް މުއިއްޒު ރައްޔިތުންނަށް މެސެޖް ފޮނުއްވަ އެވެ. އެގޮތުން މިރޭ ލިބެން ފެށި މެސެޖްގައި އެމަނިކުފާނު ވިދާޅުވީ:
"އީދު މުބާރަކް. މިއީ ނިއުމަތާއި ރަހުމަތުން ފުރިގެންވާ އީދެއް ކަމުގައި ލައްވާށި. އާމީން" މިހެންނެވެ.
ބައެއް މީހުން ބުނީ މި މެސެޖާ އެކު މާދަމާ އީދުވުން ވަރަށް ކައިރި ކަމަށެވެ. ނަމަވެސް ހާއްސަ ދުވަހެއްގެ ކުރިން ތަހުނިޔާގެ މެސެޖެއް ލިބުމަކީ އަދި ރަސްމީކޮށް ވަކި ގޮތެއް ކަނޑައެޅުމެއް ނޫނެވެ.
މާދަމާއަކީ ފިތުރު އީދުތޯ ނުވަތަ ނޫންތޯ ރަސްމީކޮށް ނިންމާނީ މިރޭ އޮންނަ ރަަސްމިއްޔާތުގަ އެވެ.
ރައީސް މުއިއްޒުގެ އީދު ތަހުނިޔާ ރައްޔިތުންނަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ