އިނގިރޭސިން އިންޑިއާ ރައްޔިތުންގެ ކިބައިން މާފަށް އެދެންޖެހޭ: އަކްޝޭ
މި މަހުގެ 18 ވަނަ ދުވަހު ސިނަމާތަކުގައި ރިލީޒްކުރާ އަކްޝޭކުމާރުގެ ފިލްމު "ކޭސަރީ ޗެޕްޓާ 2" އިނގިރޭސިވިލާތުގެ ސަރުކާރުގެ އިތުރުން އިނގިރޭސިވިލާތުގެ ރަސްގެފާނު ޗާލްސް III ބައްލަވާނެ ކަމަށް އުންމީދުކުރާ ކަމަށް އެކްޓަރު ބުނެފިއެވެ. ދަރުމާ ޕްރޮޑަކްޝަންސްއިން ގެނެސްދޭ "ކޭސަރީ ޗެޕްޓާ 2"އަކީ އިންޑިއާގެ ތާރީޚީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް ލިޔުނު ފޮތް "ދަ ކޭސް ދެޓް ޝުކް ދަ އެމްޕަޔާ"ގައި ލިޔެފައިވާ ހާދިސާތައް ޕްލޮޓެއްގެ ގޮތުގައި ބަލައިގެން އުފައްދާފައިވާ ފިލްމެކެވެ. މިއީ މީލާދީން 1919ވަނަ އަހަރު އިންޑިއާގައި ހިނގާދިޔަ "ޖަލިއަންވާލާ ބާގް" ހާދިސާގައި ވަކީލެއްގެ ގޮތުގައި އިސް ދައުރެއް އަދާކުރި ސީ ސަންކަރަން ނަޔަރުގެ ހަޔާތުގެ ވާހަކަ ކިޔައިދޭ ވަރަށް ތާރީޚީ ފިލްމެކެވެ. މި ހާދިސާގައި އޭރު އިނގިރޭސިވިލާތުގެ އަސްކަރިއްޔާގެ ޖެނެރަލް އޮފިސަރުގެ މަގާމުގައި ހުރި ޖެނެރަލް ޑަޔަގެ ކޮމާންޑުގެ ދަށުން އިންޑިއާގެ ޖަލިއަންވާލާ ބާގަށް އެއްވެ ތިބި މީހުންގެ ތެރެއަށް ބަޑީގެ ވަޒަންތަކެއް ދޫކުރިއެވެ. ފިލްމު "ކޭސަރީ ޗެޕްޓާ 2"ގެ ޓްރެއިލާ ލޯންޗުކުރި ހަފްލާގައި ފިލްމުގެ ކްރޫ އަދި ޕްރޮޑަކްޝަން ޓީމް--ފޮޓޯ/ބޮލީވުޑްހަންގާމާ ހަތިޔާރެއް ނުލާ އެއްވެ ތިބި މީހުންގެ ތެރެއިން ސަތޭކައަށްވުރެ ގިނަ މީހުން ވަނީ ބަޑީގެ ހަމަލާތަކުގައި މަރުވެ އެތައް ބަޔަކު މި ހާދިސާގައި ޒަޚަމުވިއެވެ. އިންޑިއާގެ ތާރީޚުގައި ހިނގި އެންމެ ވަރުގަދަ ކޯޓް ޑްރާމާގެ ވާހަކަ ފިލްމުގެ ޕްރޮމޯޝަނަލް ހަފުލާއެއްގައި ކިޔައިދެމުން އަކްޝޭ ބުނީ، މި ހާދިސާ އެކްޓަރުގެ ކާފަ މި ހާދިސާ ލޮލުން ދެކެފައިވާ ކަމަށެވެ. މި ހާދިސާގެ ވާހަކަތައް ކާފަ އަކްޝޭގެ ބައްޕައަށް ކިޔައިދީފައިވާ ކަމަށާއި އެކްޓަރުގެ ބައްޕަގެ ފަރާތުން ކުޑައިރުއްސުރެ މި ހާދިސާގެ ވާހަކަތައް އަޑުއިވިފައިވާ ކަމަށެވެ. އިންޑިއާގެ ތާރީޚުގައި ހިނގައިދިޔަ މުހިންމު މި ހާދިސާގެ ވާހަކަ ތާރީޚުގައި ލިޔެވިފައި އޮތްއިރު ހަގީގައިތުގައި އާއްމުންނަށް އެނގެންޖެހޭ މުހިއްމު ކަންކަން އެނގެން ނެތް ކަމަށް ބުނެ އަކްޝޭ ބުނީ އެކަމާ ހައިރާންވާ ކަމަށެވެ. އިންޑިއާގެ ރައްޔިތުންގެ ކިބައިން މައާފަށް އެދުމަށް އެދި އެއްވެސް ގޮތަކަށް އާދޭސް ނުކުރާ ކަމަށާއި އިނގިރޭސި ލީޑަރުން އިންޑިއާގެ ރައްޔިތުންގެ ކިބައިން މަޢާފަށް އެދެން ޖެހޭ ކަމަށް ކާމިޔާބު އެކްޓަރު ވަނީ ބުނެފައެވެ. ނަމަވެސް, އިނގިރޭސި ސަރުކާރުންނާއި ރަސްގެފާނު ޗާލްސް ފިލްމު ބައްލަވާލެއްވުމަށް ފަހު އޭރު ކަންކަން ހިނގައިދިޔައީ ރަނގަޅަށް ނޫން ކަމަށާއި އެކަމުގައި ހެދުނު ގޯސްތައް ގަބޫލުކުރެއްވުމަށް ކަމަށް ވެސް އެކްޓަރު ބުނެފައިވެއެވެ. ކަރަން ޖޯހަރު ޕްރޮޑިއުސްކޮށްފައިވާ މި ފިލްމުގެ ކާސްޓުންގެތެރޭ އަކްޝޭގެ އިތުރުން އާރް މާދަވަން އަދި ބަތަލާ އަނަނިޔާ ޕާންޑޭ ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ