ދިވެހިން އާންމުކޮށް ގޮސްއުޅޭ ބޭރު ޤައުމުތަކުގައިވެސް އައިޑީކާޑާއި ޕާސްޕޯޓްގެ ޚިދުމަތް ފެށުމަށް ތައްޔާރުވަނީ

ދިވެހިން އާންމުކޮށް ގޮސްއުޅޭ ބައެއް ބޭރު ޤައުމުތަކުގައިވެސް އައިޑީކާޑާއި ޕާސްޕޯޓްގެ ޚިދުމަތް ފެށުމަށް ސަރުކާރުން ތައްޔާރުވަމުން އަންނަ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން މިއަދު ހާމަކޮށްފިއެވެ. ދާޚިލީ ވުޒާރާއިން ބުނީ، މިއަހަރުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި އައިޑީކާޑު ޕްރިންޓްކުރުމުގެ ޚިދުމަތް ފެށުމަށް މަސައްކަތް ކުރަމުން އަންނައިރު، ދިވެހިން ގިނައިން ދަތުރުކުރާ ބައެއް ބޭރު ޤައުމުތަކުގައިވެސް މި ޚިދުމަތް ފެށުމަށް ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ޑީ.އެން.އާރު) އިން ތައްޔާރުވަމުން އަންނަ ކަމަށެވެ. "އަޅުގަނޑުމެން މިހާރު ވަނީ މެލޭޝިއާ، ސްރީލަންކާ، އިންޑިއާ އަދި އިނގިރޭސިވިލާތުގައި މި ޚިދުމަތް ފެށުމަށް ތައްޔާރުވަމުންނެވެ. މިއީ ދިވެހިން އެންމެ ގިނައިން ދަތުރުކުރާ ޤައުމުތަކުގެ ތެރެއިން ބައެއް ޤައުމުތަކެވެ،" ދާޚިލީ ވުޒާރާގެ ސީނިއަރ އޮފިޝަލެއް ވިދާޅުވިއެވެ. މީގެ އިތުރުން، ދާޚިލީ ވުޒާރާއިން ހާމަކުރި ގޮތުގައި މައި މި މަހުގެ ތެރޭގައި ރާއްޖޭގެޭގެ އިތުރު ހަތަރު ރަށެއްގައި އައިޑީކާޑު ޕްރިންޓްކުރުމުގެ ޚިދުމަތް ފެށުމަށް ވަނީ ނިންމާފައެވެ. މި ރަށްތަކަކީ ށ. ފުނަދޫ، ށ. މިލަންދޫ، ނ. ވެލިދޫ އަދި މ. މުލިއެވެ. "މި ޚިދުމަތް ފުޅާކުރުމުގެ މަޤްޞަދަކީ ރައްޔިތުންނަށް ލުއިފަސޭހަކަމާއެކު މި މުހިންމު ޚިދުމަތް ލިބޭނެ މަގު ތަނަވަސްކޮށްދިނުމެވެ. ރާއްޖެއިން ބޭރުގައި މި ޚިދުމަތް ފެށުމުން، އެ ޤައުމުތަކުގައި ދިރިއުޅޭ އަދި ދަތުރުކުރާ ދިވެހިންނަށް ވަރަށް ބޮޑު ފަސޭހައެއް ވެގެންދާނެއެވެ،" އެ އޮފިޝަލް އިތުރަށް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ