ނައިބު ރައީސް ހުސެއިން މިއަދު މާލެ ވަޑައިގެންފި ނައިބު ރައީސް ހުސެއިން މިއަދު މާލެ ވަޑައިގެންފި

ނައިބު ރައީސް ހުސެއިން މުހައްމަދު ހަވާއީ އަދި ތަޖިކިސްތާނަށް ކުރެއްވި ދަތުރު ނިންމައިލެއވުމަށްފަހު މިއަދު މާލެ ވަޑައިގެންފި އެވެ.
ނައިބު ރައީސް ހަވާއީއަށް ވަޑައިގެންނެވީ މި ހިނގާ މެއި 15، ގައި ބްލޫ ޕްލެނެޓް ޖަމިއްޔާއިން ބޭއްވި ފެލޯ ޕްރޮގްރާމެއްގައި ބައިވެރިވެވަޑައިގަތުމަށެވެ. އެ ދަތުރުގައި އެމަނިކުފާނު ވަނީ ބްލޫ ޕްލެނެޓުގެ ކްލައިމެޓް އެގްރިމެންޓުގައި ސޮއި ކުރައްވައިފަ އެވެ.
ބްލޫ ޕްލެނެޓް ކްލައިމެޓް އެގްރިމެންޓަކީ 2045 ވަނަ އަހަރުގެ ކުރިން 100 ޕަސެންޓު އިއާދަކުރަނިވި ހަކަތައިން ހަކަތަ އުފައްދަން މަސައްކަތް ކުރަން އެއްބަސްވާ އެއްބަސްވުމެކެވެ. އެއީ ނަން-ބައިންޑިން އެގްރިމެންޓެކެވެ.
އިއާދަކުރަނިވި ހަކަތައިން ކަރަންޓު އުފެއްދުމުގެ ގާބިލުކަން އިތުރު ކުރަން އެ އެގްރިމެންޓުގައި ސޮއި ކުރާ ގައުމުތަކަށް ބްލޫ ޕްލެނެޓް އެލަޔަންސުން އެހީތެރިކަން ފޯރުކޮށްދޭނެ އެވެ.
ހަވާއީއަށް ކުރެއްވި ދަތުރަށްފަހު އެމަނިކުފާނު ވަޑައިގެންނެވީ ތަޖިކިސްތާނަށެވެ. އެއީ "ހައި-ލެވެލް އިންޓަނޭޝަނަލް ކޮންފަރަންސް އޮން ގްލޭޝިއަރސް ޕްރިޒަވޭޝަން" ގައި ބައިވެރިވެރިވަޑައިގަތުމަށް ކުރެއްވި ދަތުރެކެވެ.
ތަޖިކިސްތާނަށް ކުރެއްވި ދަތުރުގައި ނައިބު ރައީސް ވަނީ އެ ގައުމުގެ ބޮޑުވަޒީރު ގަހީރު ރަސޫލްޒޮދާއާ ބައްދަލު ކުރައްވައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ