ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ހިމެނޭ ގޮތަށް މާލެ އާއި ހުޅުމާލެއިން އިއްޔެ ފަސް ގަޑިއިރެއްހާއިރު ކަރަންޓު ކެނޑުނު މައްސަލަ ބަލަނީ ޖިނާއީ ތުހުމަތެއް ކުރެވިގެން ބަލަން ޖެހޭ ކަންކަން ބެލުމަށް ކަމަށް ފުލުހުން ބުނެފި އެވެ.  
ފުލުހުން ބުނީ އެ އިދާރާއިން އަބަދުވެސް އަމަލުކުރާ އުސޫލުގެ ދަށުން ކަރަންޓު ކެނޑުނު މައްސަލައިގައި ޖިނާއީ ކަމެއްގެ ތުހުމަތެއް ކުރެވުމުން، އެކަމާ ގުޅޭ ގޮތުން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ. 
"އެފަދަ ކަމެއް ފާހަގަ ނުކުރެވޭނަމަ އެ ތަހުގީގެއް ކުރިއަކަށް ނުގެންދާނެ އެނގޭތޯ. މިސާލަކަށް ހުށަހަޅާ ބައިވަރު މައްސަލަތައް ޕޮލިސް އިނީޝިއޭޓް ކުރާނެ. ފުލުހުންގެ މެންޑޭޓަށް އެފަދަ ކަމެއް ފޯލްނުވަންޏާމުން އެކަމެއް ނުގެންދާނެ ކުރިއަކަށް،" ފުލުހުން ބުންޏެވެ. 
ފުލުހުން އިތުރަށް ބުނީ އެ އިދާރާއިން ހިންގަމުންދާ ތަހުގީގުގައި ކަރަންޓު ކެނޑެން މެދުވެރިވި ސަބަބު ދެނެގަންނާނެ ކަމަށެވެ. އެގޮތުން އެކަމަށް ހިންގަމުންދަނީ ހާއްސަ ތަހުގީގެއް ކަމަށް ވެސް އެ އިދާރާއިން ބުންޏެވެ. 
މުޅި މާލެ އެއްކޮށް ބްލެކްއައުޓް ވާން މެދުވެރިވީ ކީއްވެގެން ކަމެއް މިހާތަނަށް ސްޓެލްކޯއިން ހާމަކޮށްފައި ނުވެ އެވެ. ނަމަވެސް، އެއްވެސް އިންޖީނަކަށް ނުވަތަ ޓްރާންސްފޯމަރަކަށް ބޮޑު ގެއްލުމެއް ލިބިފައި ނުވާ ކަމަށް އެ ކުންފުނިން ހާމަކޮށްފައި ވެ އެވެ.
ކަރަންޓު ކެނޑުނު މައްސަލަ ފުލުހުން ތަހުގީގު ކުރަން ފެށީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެކަމާ ގުޅިގެން ހާއްސަ ތަހުގީގެއް ހިންގުމަށް ކަމާ ބެހޭ ފަރާތްތަކަށް އަންގާފައިވަނިކޮށެވެ.
    
    ކަރަންޓު ކެނޑުނު މައްސަލަ ބަލަނީ ޖިނާއީ ތުހުމަތެއް ކުރެވިގެން ކަމަށް ފުލުހުން ބުނެފި ކަރަންޓު ކެނޑުނު މައްސަލަ ބަލަނީ ޖިނާއީ ތުހުމަތެއް ކުރެވިގެން ކަމަށް ފުލުހުން ބުނެފި
                
            އަރުޝީފަށް ނެގީ
            
        
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ