ހަނދުމަކޮށްދިނުމެއް!: ކައްވަޅުގެ ޢަޛާބުން ސަލާމަތްކަމަށް އެދިވަޑައިގެން ރަސޫލް ޞޢވ ކުރެއްވެވި ދުޢާ އާ ކުރެވިދާނެ ބައެއް ކަންކަން-

ކޮންމެ މީހަކީވެސް މަރުވާނެ މީހެކެވެ. ކައްވަޅަށްދާންޖެހޭނެ މީހެކެވެ. އެއީވެސް ހަމަ އުފަލާއި އަރާމުން ފުރިގެންވާ ގޯއްޗެކެވެ. ހަމައެފަދައިން ހަޢްވާ މީހުންނަށް ޤިޔާމަތާއި ހަމައަށް ދާންދެން ގަދަފަދަ ޢަޛާބުގައި ތިބެންޖެހޭނެވެސް ތަނެކެވެ. ގަދައަޅައި މަސައްކަތްކުރަންވީ އުފަލާއި އަރާމުގައި ކައްވަޅުގައިވުމަށެވެ.  
ކަށްވަޅުގެ ފިތުނައާއި ޢަޛާބުން ރައްކާތެރިކޮށްދޭ ކަންކަމުގެ ތެރޭގައި: މުލްކު ސޫރަތް ކިޔެވުމުގެ މަތީ ދެމިހުރުމާއި އެއާ އެއްގޮތަށް ޢަމަލުކުރުން ހިމެނެއެވެ. 
ތިބާގެ ކަށްވަޅުގެ ކަންކަމުގައި ސާބިތުކަން ލިބުމަށްޓަކައި މުއުމިނުންނަށް ފާފަފުއްސެވުން އެދި ދަންނަވާ، އެބައިމީހުންނަށްޓަކައި ދުޢާކޮށްދޭށެވެ. 
ރަސޫލުﷲ صلى الله عليه وسلم މައްޔިތަކު ވަޅުލާ ނިމުމުން، އެޤަބުރުގެ ކައިރީގައި ހުއްޓިވަޑައިގެން ހުންނަވާ ޙަދީޘްކުރައްވައެވެ. 
"اسْتَغْفِرُوا لِأَخِيكُمْ وَسَلُوا لَهُ التَّثْبِيتَ فَإِنَّهُ الْآنَ يُسْأَلُ» [صححه الألباني في صحيح الجامع الصغير" 
މާނައީ: "ތިޔަބައިމީހުންގެ އަޚާގެ ފާފަފުއްސެވުން އެދި ދަންނަވާށެވެ. އަދި އޭނާއަށް ޘާބިތުކަން ދެއްވުމަށް އެދޭށެވެ. ހަމަކަށަވަރުން މިހާރު އޭނާއާ އެބަ ސުވާލުކުރެވެއެވެ." 
އަދި ކަށްވަޅުގެ ޢަޛާބުން ތިބާގެ ނަފްސު ރައްކާތެރިކުރުމަށް އެދޭނަމަ، ކޮންމެ ނަމާދެއްގައި ކަށްވަޅުގެ ފިތުނައިން ރައްކާތެރިކޮށްދެއްވުން އެދި ދަންނަވާށެވެ. އެއީ ރަސޫލުﷲ صلى الله عليه وسلم ވެސް ދުޢާކުރެއްވިފަދައިންނެވެ. 
"اللَّهُمَّ إِنِّي أَعُوذُ بِكَ مِنْ عَذَابِ القَبْرِ، وَمِنْ عَذَابِ النَّارِ، وَمِنْ فِتْنَةِ الْمَحْيَا وَالْمَمَاتِ، وَمِنْ فِتْنَةِ الْمَسِيحِ الدَّجَّالِ» "رواه البخاري] 
މާނައީ: "އޭ ﷲ! ހަމަށަވަރުން މިއަޅާ، ކަށްވަޅުގެ ޢަޛާބުންނާއި ނަރަކައިގެ ޢަޛާބުން ރައްކާތެރިކޮށްދެއްވުމަށް އެދި އިބައިލާހުގެ ޙަޟްރަތުން ދަންނަވަމެވެ. އަދި ދިރިހުރުމާއި މަރުވުމުގެ ފިތުނައިން ރައްކާތެރިކޮށްދެއްވުމަށް އެދި ދަންނަވަމެވެ. އަދި މަސީޙުއްދައްޖާލުގެ ފިތުނައިން ރައްކާތެރިކޮށްދެއްވުމަށް އެދި ދަންނަވަމެވެ." 
(މިދުޢާއަކީ ކޮންމެ ނަމާދެއްގައިވެސް ކުރަމުން ގެންދާ ދުޢާއެކެވެ. ހިތާމައަކީ ދުޢާކުރާއިރު ދުލުން ކިޔޭ އެއްޗެއް ހިތްމައްޗަށް ނުގެނެވޭ ކަމެވެ!) 
- الشيخ عبد البارئ بن عواض الثبيتي حفظه الله
 
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ