ކަޅުތެޔޮ ޖެހީ ދޯދިޔާ ސިޔާސަތުތަކަށް ފާޑުކިޔާތީ ބިރުދައްކަން: ޞާލިޙް

އިދިކޮޅު އެމްޑީޕީގެ އިހުތިޖާޖުތަކުގައި މިހާރު އިސްކޮށް ހަރަކާތްތެރިވާ މަރިޔަމް ޒުބައިރު (މަންދީ) ގަޔަށް ބަޔަކު ރޭ ކަޅުތެޔޮ ޖެހުން ކުށްވެރިކުރައްވައި، އެއީ ސަރުކާރުގެ ދޯދިޔާ ސިޔާސަތުތަކަށް ފާޑުކިޔާ އެންމެންނަށް ބިރުދައްކަން ކުރި ކަމެއް ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރޭގެ ވަގުތެއްގައި މަންދީ ސައިކަލުގައި ދަނިކޮށް ބަޔަކު ފާރަލަމުން ގޮސް އޭނާގެ ގަޔަށް ވަނީ ކަޅުތެޔޮ ޖަހައިފައެވެ. ފާހަގަކޮށްލެވޭ ގޮތުގައި މި ހާދިސާ ހިނގީ، އެމްޑީޕީގެ މުޒާހަރާއެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ 16 އަހަރުގެ ފިރިހެން ދަރިކަލުންނާ ގުޅުވައި މަންދީ ދެއްކި ވާހަކައެއް ހޫނުވެފައި އޮއްވައެވެ. އެމްޑީޕީން އަންނަނީ މިއީ ބިރުދައްކަން ކުރާ ކަމެއް ކަމަށް ބުނެ، ސަރުކާރަށް ތުހުމަތުކުރަމުންނެވެ. މި މައްސަލައިގައި އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ޞާލިޙް ވިދާޅުވީ، އެ ހަމަލާ އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާ ކަމަށެވެ. https://x.com/ibusolih/status/1901519262763581912 "މި ފިނޑި އަމަލަކީ ރައްޔިތުންގެ އަޑު ކަނޑުވާލައި، ސަރުކާރުގެ ދޯދިޔާ ސިޔާސަތުތަކަށް ފާޑުކިޔާ އެންމެންނަށް ބިރުދެއްކުމަށް ކުރި ކަމެއް،" އެ މަނިކުފާނު ނުރުހުން ފާޅުކުރެއްވިއެވެ. މި ކަހަލަ ފިއްތުންތަކަށް އެމްޑީޕީ ނުސިހޭނެ ކަމަށާއި ރައްޔިތުންގެ ހައްގުގައި އެމްޑީޕީން ކުރިއަށްގެންދާ ސުލްހަވެރި ސިޔާސީ ހަރަކާތްތައް ފަހަތަށް ނުޖެހި ކުރިއަށްގެންދާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އެމްޑީޕީން އަންނަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔައި، ސިލްސިލާ ގޮތެއްގައި މުޒާހަރާކުރަމުންނެވެ. https://sun.mv/203776 މާ ގިނަ މީހުން ބައިވެރިނުވި ނަމަވެސް އެމްޑީޕީގެ މުޒާހަރާތަކުގައި އިސްކޮށް ހަރަކާތްތެރިވާ ނުވަ މީހަކު ފުލުހަށް ހާޒިރުކުރަން ވެސް ވަނީ ފުލުހުން ޗިޓު ފޮނުވައިފައެވެ. އޭގެ ތެރެއިން ބައެއް މީހުން މިހާރު ވަނީ ހާޒިރުކޮށްފައެވެ. ފުލުހަށް ހާޒިރުކުރާ މީހުންނަކީ: އިބްރާހީމް އަބްދުﷲ (ގައްބަރޭ) މަކުނުދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ރާއީ އަހުމަދު ސަލާމް (މާޒު ސަލީމް) އާރްޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލި މަނިކު (މޫކޭ) މުޙައްމަދު ޝާމިލް ފާތިމަތު ޝިއުނާ ހަދީޖާ މުޙައްމަދު (ހައްޖަ) އާއިޝަތު ނަޖުދާ އަލީ ރީސާ އަހްމަދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ