ތިން ރަށެއްގެ ފެނާއި ނަރުދަމާގެ މަސައްކަތް ނިންމަން ފެނަކައާ އެކު ޖުމްލަ 121.3 މިލިއަން ރުފިޔާގެ އެއްބަސްވުންތަކުގައި ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީން މިދިޔަ ބުރާސްފަތި ދުވަހު ސޮއިކޮށްފި އެވެ.
ވީ ކިހިނެއް؟ - ފެނަކައާ ހަވާލުކޮށްފައިވަނީ ށ. މާއުނގޫދޫ، ށ. ނަރުދޫ އަދި ނ. ޅޮހީގެ ފެނާއި ނަރުދަމާ މަސައްކަތުގެ ތެރެއިން ނުނިމި ހުރި މަސައްކަތް ނިންމުމަށެވެ.
ތަފްސީލު - މި މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ:
ފެނަކައިގެ ފަރާތުން މެނޭޖިން ޑިރެކްޓަރު މުހައްމަދު ނަޖާހު
ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީގެ ފަރާތުން ސްޓޭޓު މިނިސްޓަރު ހަސަން ރަޝީދު
މި އެއްބަސްވުންތަކުގެ ދަށުން ކޮންމެ ރަށެއްގެ މަސައްކަތް ނިންމަން ކަނޑައަޅާފައިވަނީ 540 ދުވަހެވެ. އެގޮތުން:
ށ. މާއުނގޫދޫގެ ފެނާއި ނަރުދަމާ މަޝްރޫއު ނިންމަން ހަވާލުކުރީ 46.7 މިލިއަން ރުފިޔާއަށް
ށ. ނަރުދޫގެ ފެނާއި ނަރުދަމާ މަޝްރޫއު ނިންމަން ހަވާލު ކުރީ 36.8 މިލިއަން ރުފިޔާއަށް
ނ. ޅޮހީގެ ފެނާއި ނަރުދަމާ މަޝްރޫއު ނިންމަން ހަވާލުކުރީ 37.8 މިލިއަން ރުފިޔާއަށް
3 ރަށެއްގެ ފެނާއި ނަރުދަމާގެ މަސައްކަތް ނިންމަން 121 މިލިއަނަށް ފެނަކައަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ