މިއަދު ފިރިހެނުން އަންހެނުންގެ ކިބައިން ލޯތްބަށާއި ކައިވެންޏަށް އެދޭފަދައިން އަންހެނުންވެސް ފިރިހެނުންގެ ކިބައިން ހަމަ އެކަންކަމަށް އެދެއެވެ. މީގެ އަަހރުތަކެއް ކުރިއަށް ބަލައިފިނަމަ އެކަމަށް އަންހެނުން ލަދުވެތިވެއެވެ. ނަމަވެސް މިއަދު އެކަން މިވަނީ ވަރަށް ބޮޑަށް ބަދަލުވެފައެވެ. ދެބައިމީހުންވެސް ހަމަހަމަވެފައެވެ. އެއީ މައްސަލައެއްވެސް ނޫނެވެ.
ތިމާ ރުހޭ ސިފަތައް ހުންނަ މީހެއްގެ ލޯތްބަށް އެދުމާއި އަދި ކައިވެންޏަށް އެދުމަކީ އެއްވެސް މައްސަލައެއް ނޫނެވެ. މުސްލިމުންނަށް މައްސަލައކަށްވާނީ ކައިވެނިކުރުމުގެ ނިޔަތްނެތި ހަމައެކަނި ލޯތްބަށް އެދުމުންނެވެ. ކައިވެނިކުރުމުގެ ނިޔަތް އޮތްނަމަ އެއީ ހަމަ އެއްވެސް މައްސަލައެއް ނޫނެވެ. އެހެންކަމުން ވިސްނާލުން މުހިންމު ކަމެއް ފާހަގަކޮށްލާނަމެވެ.
އެއީ ފިރިހެނުން އަންހެނަކަށް ޝައުޤުވެރިކަން ފައުޅުކުރުމަށްފަހު އޭނާގެ ޖަވާބަކަށް އެދިގެން އިންތިޒާރުކުރާ މުއްދަތަށްވުރެ އަންހެނުން އިންތިޒާރުކުރާ މުއްދަތު ކުރުވާނެއެވެ. އެއީ އަންހެނުންނަކީ އެމީހުން ޙާޞިލުކުރަން ބޭނުންވާ ކަންކަން ޙާޞިލުކުރަން އަވަސްވެގަންނަ ބައަކަށްވާތީއެވެ.
އެހެންވެ ޝައުޤުވެރިކަން ފައުޅުކުރުމަށްފަހު އޭނާގެ ސަމާލުކަން ހޯދަން ކުރެވެންހުންނަ ހުރިހާ ކަމެއްކުރާނެއެވެ. އެއީ ކޮންމެހެން އަވަސްވެގަނެގެން އަނެކާއަށް ދެރައެއް ދޭކަށް ނޫނެވެ. އެއީ އޭނާގެ ހިތް އެދޭގޮތަށް އެކަން ކާމިޔާބުކުރުމަށެވެ.
ދެން މިމަރުޙަލާގައި ކުރިމަތިވާ އެއް މައްސަލައަކީ އެގޮތަށް އަންހެން މީހާ އުޅެން ފެށުމުން ނުބައި ތުހުމަތުތައް ކުރެވި އޭނާއާއި ދުރަށް ދެވެނީއެވެ. މިއީ ހެދޭ ވަރަށް ބޮޑު ގޯހެކެވެ. އެގޮތަށް ވިސްނައިގެން ނުވާނެއެވެ. އޭނާގެ ޙަޤީޤަތް އޮޅުން ފިލުވުމަށް ނުވަތަ ދޭނެ ޖަވާބަކަށް ތައްޔާރުވާން ނަގާނެ މުއްދަތު ބުނާށެވެ! އަދި އެމުއްދަތުގައި ޖަވާބުދޭށެވެ.
މިގޮތަށް ކަންތައްކޮށް ކައިވެނިކުރުމުން ދެމީހުންގެ މެދުގައި މައްސަލަ ނުޖެހި އުފަލުގައި އުޅެވޭކަން ފާހަގަކުރެވެއެވެ. ހަމައެއާއިއެކު ފިރިހެނުން ވިސްނަންޖެހޭނެ ކަމެއް އެބައޮތެވެ.
އެކަމަކީ ހެޔޮލަފާ އަންހެނަކު އަމިއްލައަށް ހުށަހަޅައިގެން ކައިވެނިކުރިނަމަވެސް ކައިވެނީގެ ނަތީޖާ ރަނގަޅުނޫންނަމަ ކުޅިބަލާކަށް ނުތިބޭނެއެވެ. ވަޤުތުތައް ބޭކާރެއް ނުކުރާނެއެވެ. އެެހން ގޮތެއް ހޯދާނެއެވެ. ސަބަބަކަށްވަނީ ކައިވެނި ރޫޅައިލަން ޖެހުނަސް ދެރަ ގޮތެއް މެދުވެރިނުވާނެ ކަމާއި މާރަނގަޅު ބައިވެރިއަކު ލިބޭނެ ކަމުގެ ޔަޤީންކަން ހެޔޮލަފާ އަންހެނުންނަށް އޮންނާތީއެވެ!
މިއީ ކައިވެނީގެ މައްސަލަތަކުގައި ލަފާދޭ ދުނިޔޭގެ ފެންވަރުގެ މާހިރަކު ބުނެފައިވާ ވާހަކަކޮޅެކެވެ.
- އަލަފް / މިއަދުނޫހަށް
ހެޔޮލަފާ އަންހެނަކު އަމިއްލައަށް ހުށަހަޅައިގެން ކައިވެނިކުރިޔަސް ނަތީޖާ ގޯސްނަމަ ކުޅިބަލާކަށް ނުތިބޭނެ! ކައިވެނި ރޫޅަންޖެހުނަސް މާރަނގަޅު ބައިވެރިއަކު ލިބޭނެ ކަމުގެ ޔަޤީންކަން އޮންނާނެ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ