ހޯރަފުށީ ކައުންސިލްގެ ނައިބު ރައީސްގެ ހޫނު ރައްދެއް މެންބަރު އަލީ މޫސާ އަށް!
ހޯރަފުށީ އެއާޕޯޓުގައި މަސައްކަތް ކުރައްވާ މުވައްޒަފަކު ވަޒީފާ އަދާ ކުރަން ޖެހޭ ރަށް "ކުއްލި" އަކަށް ބަދަލުކުރުމުން ހޯރަފުށީ ކައުންސިލްގެ ނައިބު ރައީސް އަހުމަދު އިމްދާހު ކަންބޮޑުވުން ފާޅުކޮށްފި އެވެ.އިމްދާހު އޭނާގެ ޝޯޝަލް މީޑިއާގެ އެކައުންޓުން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އުއްމީދީ ބަދަލުތަކުން ނާއުންމީދާ އެކު ރައްޔިތުނަށް ބަލާވެރިކަން ޖެއްސުން ނޫން ކަމެއް އަލީ މޫސަ އަކަށް ނުކުރެވޭ ކަމަށެވެ. އަދި ވިދާޅުވީ ރަށުގެ ތަރައްގީއަށް ކަމެއް ނުކޮށްދެވޭތާ އާއިލާތަކަށް އަނިޔާވެރިވުން ނޫން ކަމެއް މީނަ(އަލީ މޫސާ)އަކަށް ނުކުރެވޭ ކަމަށެވެ.ހޯރަފުށީގައި މަސައްކަތް ކުރަމުން އަންނަ ޒުވާނަކު އޭނާގެ އަންހެނުން ވިހަން އިންދާ ސިޔާސީ ބޭނުމަށް އެހެން ރަށަކަށް ބަދަލުކުރި މައްސަލައެއް މިހާރު ވަނީ ފެންމަތިވެފަ އެވެ. އެގޮތުން ވަޒީފާ ބަދަލުކުރި ޒުވާނާގެ އަންހެނުން ފޭސްބުކްގައި ލިޔުނު ޕޯސްޓެއްގައިވަނީ ކުޑަ ތިން ދަރިންގެ ސްކޫލް ކަންކަމާއި ގޭތެރޭގައި މަސައްކަތް ކުރަމުން، އަދި ހަތަރު ވަނަ ދަރިފުޅަށް ބަޑަށް އަށް މަހަށް ވެފައިވަނިކޮށް، ފިރިމީހާ ކައިރީގައި ހުންނަށް އެދޭއިރު، އޭނާގެ ވަޒީފާ އެހެން ރަށަކަށް ބަދަލުކުރުމަކީ، އަންހެނަކަށް ދެވޭނެ ކުޑަ އަނިޔާއެއް ނޫން ކަމަށެވެ.މުޖުތަމުއުގައި ބާރުވެރިކަމާއި ޕާޓީތަކުގެ ވާދަވެރިކަމުގައި ވެސް ޅަދަރިން މުސްތަގުބަލަށް ހުރަސް އެޅޭ، އަދި އެދަރިން އާއިލާގެ ލޯބިން މަހުރޫމުކުރުވުމަކީ އެފަދަ އަނިޔާކުރާ ބާރުވެރިން މަގާމަށް ކުފޫ ހަމަނުވާކަން ކަމުގައި އޭނާ ބުންނެވެ. ވަޒީފާ ބަދަލުކުރީ އަންނަ ކައުންސިލް އިންތިހާބުގައި ޕީއެންސީ ޓިކެޓްގައި ވާދަކުރުމަށް އެދުމުން އެކަމަށް ފުރަގަސް ދިނުމުން ކަމަށް ވެސް އެ ރަށުން ވާހަކަ ދެއްކި މީހަކު ބުންޏެވެ. އަންނަ ކައުންސިލް އިންތިހާބުގައި ސަރުކާރު ފަޅިން ވާދަ ކުރާނެ ގާބިލް ޒުވާނުން ނުލިބުމަކީ ޒުވާނުންނަށް ވަޒީފާގެ ބިރު ދައްކަން ޖެހޭ ސަބަބެއް ނޫން ކަމަށް ވެސް އަންހެން މީހާގެ ޕޯސްޓަށް ކޮމެންޓް ކުރި މީހަކު ވަނީ ބުނެފަ އެވެ."ކޮންމެ ފޯރަމްތަކުގައި އަޑަށް ބާރުލައި އަނިޔާވެރިކަމަކީ މާތް الله ޒާތުފުޅުގައިވެސް ހަރާމްކަމެކޭ ބުނެވޭއިރު، އެފަދަ ބާރުވެރިކަމެއް ލިބޭއިރު ކޮންމެ ބަޔަކު ކުރަނީ އަނިޔާއެވެ. މާތް الله މިފަދަ ކޮންމެ ނުބައި ރޭވުންތަކާއި އަނިޔާއިން މިކުޑަ މުޖުތަމައު ސަލާމަތް ކުރައްވާ، އަނިޔާވެރިންގެ އަމަލުތަކުގައި ސިއްކަ ޖައްސަވާށި!! އާމީން" ގިނަ ބައެއްގެ ސަމާޅުކަން ލިބުނު ޕޯސްޓްގައި ވެއެވެ.މީގެ ކުރިން ވެސް ހޯރަފުށިން ވަނީ ވަނީ އެރަށުގައި ބިއްލޫރި ފުޅީގައި ފެން ބަންދުކުރަން ހަދަމުން އަންނަ ބޮޓްލިން ޕްލާންޓުގެ މަސައްކަތް ހުއްޓާލާ އެތަނުގެ މަސައްކަތް ކުރަމުން އަންނަ 15 މުވައްޒަފުން ކުއްލިއަކަށް ވަޒީފާއިން ވަކިކޮށްފައި އެވެ. މުޅި ހޯރަފުށީ ދާއިރާގެ ރައްޔިތުން ހާއްސަކޮށް ޒުވާނުންގެ މިއަދުގެ ގޮވާލުމަކީ ސިޔާސީ ބޮޑުންގެ ގޭ ދޮށުގައި މުގޯލި އަޅަން ނުޖެހި "ވަޒީފާގެ ފުރުސަތު" ރަށުން ތަނަވަސް ކޮށްދިނުމެވެ. އަދި ސަރުކާރުން ވަޒީފާގެ ބިރު ދެއްކުން ހުއްޓާލުމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ