ސްޓޫޑެންޓް ލޯނަށް ޝަރުތު ހަމަވާ އެންމެންނަށް ލޯނުގެ ފުރުސަތު ދިނުމަށް، ކަމާބެހޭ އިދާރާތަކަށް ރައީސް މުހައްމަދު މުއިއްޒު މިއަދު އަންގަވައިފި އެވެ.
ވީ ކިހިނެއް؟ - ރާއްޖެ އާއި ރާއްޖޭން ބޭރުން މަތީ ތައުލީމް ހާސިލް ކުރުމަށް ސަރުކާރުން ދޭ ސްޓޫޑެންޓް ލޯނަށް ކުރިމަތިލި މީހުންގެ ލިސްޓު ސަރުކާރުން މިއަދު ވަނީ އާއްމުކޮށްފަ އެވެ.
އޭގައިވާ ގޮތުން:
1،338 މީހުން ލޯނަށް ކުރިމަތިލި
ޝަރުތު ހަމަވެފައިވަނީ 806 މީހުން
ސަރުކާރުން ފުރަތަމަ ލޯނު ދޭން ނިންމީ 500 މީހުންނަށް
ތަފްސީލް - ރައީސް މުއިއްޒު މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ލޯނަށް ޝަރުތު ހަމަވި އެންމެންނަށް ވެސް އެ ފުރުސަތު ދޭން ހަޔާ އެޑިއުކޭޝަން މިނިސްޓްރީއަށް އަންގަވާފައިވާނެ ކަމަށެވެ.
އެނގުން މުހިއްމު - މިދިޔަ ސަރުކާރުގައި ވެސް ދެ ފަހަރެއްގެ މަތިން މިގޮތަށް، ޝަރުތު ހަމަވާ ހުރިހާ ދަރިވަރުންނަށް ލޯނުގެ ފުރުސަތު ދިނެވެ.
ސަރުކާރުން މިއަދު އާއްމު ކުރީ ލޯނު ލިބުނު މީހުންގެ ވަގުތީ ލިސްޓެވެ. އެ ލިސްޓަށް އަންނަ މަހުގެ 3ގެ ކުރިން ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ.
ސްޓޫޑަންޓް ލޯނަށް ޝަރުތު ހަމަވާ އެންމެންނަށް ލޯނު ދޭން އަންގައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ