އިންޑިއާ އާއި ޗައިނާގެ ޚާރިޖީ ވަޒީރުން އިއްޔެ އިންޑިއާގެ ވެރިރަށް ދިއްލީގައި ބައްދަލުކުރައްވައިފިއެވެ.
ޗައިނާގެ ޚާރިޖީ ވަޒީރު އިންޑިއާއަށް ކުރައްވާ ދެ ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި ދިއްލީއަށް ވަޑައިގަތީ އިއްޔެގެ ވަގުތެއްގައެވެ. އަދި އިންޑިއާގެ ޚާރިޖީ ވަޒީރު ޑރ. ސުބްރަމާނިއަމް ޖައިޝަންކަރާއި ބައްދަލުކުރައްވައި، ދެޤައުމުގެ ސަރަހައްދީ އިމުގެ މައްސަލައިގައި އުފެދިފައިވާ ޚިޔާލުތަފާތުވުންތަކާއި، ވިޔަފާރީގެ މައްސަލަތަކުގެ އިތުރުން ދެޤައުމުގެ މެދުގައު އޮންނަ ގުޅުމާއި ބެހޭ ގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވީ އިއްޔެގެ ވަގުތެއްގައެވެ. ބައްދަލުވުމަށްފަހު ޑރ. ޖައިޝަންކަރު ވިދާޅުވީ އެކި ދާއިރާތަކުން ބިނާކުރަނިވި މަޝްވަރާތަކެއް ދެ ބޭފުޅުންނަށް ކުރެވުނު ކަމަށެވެ. އަދި މިއީ އިންޑިއާއާއި ޗައިނާއާ ދެމެދު ދެމެހެއްޓެނިވި ގާތް ގުޅުމެއް ބޭއްވުމަށް އެޅިގެންދާ މުހިއްމު ފިޔަވަޅެއްކަމަށްވެސް ޖައިޝަންކަރު ސިފަކުރެއްވިއެވެ.
ވާންގް ޔީ އާއި ހަވާލާދީ ޗައިނާގެ ޚާރިޖިއްޔާއިން ނެރުނު ބަޔާނެއްގައި ބުނީ ދެޤައުމުގެ މެދުގައި ހުރިހާ ފަންތިއެއްގައިވެސް މިހާރު މަޝްވަރާތައް ކުރެވި، ދެޤައުމުން އެކި ކަންކަމުގައި އެއްޤައުމު އަނެއް ޤައުމަށް އެއްބާރުލުން ދޭ ހިސާބަށް ގުޅުންތައް ރަނގަޅުކުރެވިފައިވާ ކަމަށެވެ. އަދި ތަރައްޤީވަމުން އަންނަ ޤައުމުތަކުން ނަމޫނާއަކަށް ބަލާ ދެޤައުމަށް އިންޑިއާއާއި ޗައިނާ ވުމަށް ވާންގް ޔީ ގޮވާލެއްވިއެވެ. އަދި ޗައިނާއާއި އިންޑިއާއަކީ އެއްބަޔަކު އަނެއް ބައެއްގެ ބައިވެރިންގެ ގޮތުގައި ދެކެން ޖެހޭކަމަށާއި، ވާދަވެރިން ނުވަތަ ހަތުރުވެރިންގެ ގޮތުގައި ނުދެކުމަށް އޭނާ އެދިވަޑައިގަތެވެ.
ވާންގް ޔީ އާއިއެކު ބޭއްވި ބައްދަލުވުމުގެ ކުރިންވެސް ޑރ ޖައިޝަންކަރު ވިދާޅުވީ ސަރަހައްދީ ރޮނގުގެ މައްސަލައިގައި ދެޤައުމުން މަޝްވަރާކުރަން ޖެހޭ އެންމެ ބޮޑު ސަބަބަކީ ދެޤައުމުގެ ގުޅުން ރަނގަޅަށް ދެމިއޮތުމުގެ އަސްލަކަށް ވާނީ ސަރަހައްދީ ރޮނގުގެ ސަލާމަތީ ކަންކަން ވަރުގަދައަށް އޮތުން ކަމަށްވާތީއެވެ.
ވާންގް ޔީގެ މި ދަތުރުފުޅުގައި މިއަދު އިންޑިއާގެ ޤައުމީ ސަލާމަތާއި ބެހޭ މުޝީރު އަޖިތު ދޮވާލް އާއެކު ސަރަހައްދީ އިމުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމާއި ގުޅޭ ވަށް މޭޒު މަޝްވަރާތަކުގައި 24 ވަނަ ބުރު ބާއްވަވާނެއެވެ. އަދި ފުރާވަޑައިގަތުމުގެ ކުރިން އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީގެ އަރިހަށް އިހްތިރާމްގެ ޒިޔާރަތެއްވެސް ކުރައްވާނެއެވެ.
އިންޑިއާގެ ހާރިޖީ ވަޒީރު ޖައިޝަންކަރާއި ޗައިނާގެ ހާރިޖީ ވަޒީރު، ވާންގް ޔީ ބައްދަލުކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ