އދ. މާމިގިލި ކައިރީގައި ޝިޕްރެކެއް ހަދަން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ވިލާ ޝިޕިން ކުންފުނީގެ ދުވަސްވީ ބޯޓެއް ތައްޔާރުކޮށް، އެ ރަށު އުތުރު ފަރާތަށް މިއަދު ފައްތައިފި އެވެ.
ތަފްސީލު - އެ ރަށުން 'ދައުރު'އާ ވާހަކަ ދެއްކި މީހަކު ބުނި ގޮތުގައި އެ ބޯޓަކީ ގާސިމްގެ ވިލާ ޝިޕިން ކުންފުނިން އެ ވިޔަފާރި ފެށި ދުވަސްވަރުު ބޭނުންކުރި، އެންމެ ދުވަސްވީ އެއް ބޯޓެވެ.
މައިގަނޑު ގޮތެއްގައި މުދާ އުފުލަން ބޭނުންކުރި އެ ބޯޓު އޮތީ ދުވަސްވެ، ބާ ދަގަނޑަށް ކިރާ ހާލަތުގަ އެވެ.
"ކައުންސިލާއި ރައްޔިތުންގެ އެދުމުގެ މަތިން އެއްވެސް އަގަކާ ނުލައި ޝިޕްރެކް ހަދަން ގާސިމް އެ ބޯޓު ދެއްވީ،" އޭނާ ބުންޏެވެ.
ގުޅުންހުރި ކަމެއް - މީގެ ދެ ދުވަސް ކުރިން އެ ބޯޓުގެ ވީލް ހައުސްގައި އަލިފާނުގެ ހާދިސާއެއް ވެސް ވަނީ ހިނގާފަ އެވެ.
އޭނާ ބުނި ގޮތުގައި އެއީ އީޕީއޭގެ ހުއްދައާ އެއްގޮތްވާ ގޮތުގެ މަތިން އެ ބޯޓު ފެއްތުމުގެ ކުރިން ކުރަން ޖެހޭ މަސައްކަތްތައް ކުރުމުގެ ތެރޭގައި ދިމާވި ކަމެކެވެ.
"ބޯޓު ފެއްތުމުގެ ކުރިން ނަގަން ޖެހޭ، އޭގައި ހުރި ތެލާއި ލަކުޑި އާއި ވަކި ވަރަކަށް ވުރެ ބޮޑަށް ނުކުމެފައި ހުންނަ ދަގަނޑާއި މީހުންނަށް ގެއްލުމެއް ވެދާނެ ފަދަ ތަކެތި. ގޭސް ކަޓަރުން އެބައިތައް ކަނޑަނިކޮށް އަލިފާން ރޯވީ،" އޭނާ ބުންޏެވެ.
ނަމަވެސް އެ މަސައްކަތް މުޅިން ނިންމައި، އެ ބޯޓު މިއަދު ފެއްތީ އީޕީއޭގެ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށް އޭނާ ބުނެ އެވެ.
މާމިގިލި ޝިޕްރެކް ހަދަން ގާސިމްގެ ބޯޓެއް ފައްތައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ