މޫސުން ގޯސްވުމުން އެމްޑީޕީގެ ދަތުރު މާދަމާ ރެއަށް އަދި ކުޅުދުއްފުށީ ޖަލްސާ ހޮނިހިރު ދުވަހުގެ ރެޔަށް ފަސްކޮށްފި މޫސުން ގޯސްވުމުން އެމްޑީޕީގެ ދަތުރު މާދަމާ ރެއަށް އަދި ކުޅުދުއްފުށީ ޖަލްސާ ހޮނިހިރު ދުވަހުގެ ރެޔަށް ފަސްކޮށްފި

އެމްޑީޕީއަށް 20 އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން ހދ. ކުޅުދުއްފުށީގައި މާދަމާ ރޭ ބާއްވަން ނިންމާފައި އޮތް ޖަލްސާ ހޮނިހިރު ދުވަހަށް ފަސްކޮށްފި އެވެ.
އެ ޖަލްސާގައި ބައިވެރިވުމަށް ކަނޑު ބޯޓުގައި މާލެއިން ކުޅުދުއްފުށްޓަށް ކުރަން ރާވާފައިވާ ދަތުރުގެ ފުރުން މާދަމާ ރެއަށް ވަނީ ފަސްކޮށްފި އެވެ.
އެމްޑީޕީން ބުނީ ކުޅުދުއްފުށި ޖަލްސާ ހޮނިހިރު ދުވަހަށް ފަސްކުރީ މޫސުން ގޯސްވުމުގެ ސަބަބުން، މިރޭ އަދި މާދަމާ ގިނަ ބަޔަކު ގޮވައިގެން ދަތުރު ނުކުރަން މެޓް އޮފީހުން ލަފާ ދީފައިވާތީ ކަމަށެވެ.
"މެޓް އޮފީހުގެ ބޭފުޅުން ވިދާޅުވަނީ އެއްގޮތަކަށް ވެސް މިރޭ އަދި މާދަމާ އެހާ ގިނަ އާންމުން ގޮވައިގެން ނުފުރުމަށް. މާދަމާ ރޭ މޫސުން ރަނގަޅުވެ ފުރުން އެންމެ ރަނގަޅު ކަމަށް،" އެމްޑީޕީން ބުންޏެވެ.
އެމްޑީޕީގެ މެންބަރުން ކުޅުދުއްފުށްޓަށް ދަނީ "ބާދުޝާހު ބޯޓު" ގަ އެވެ. އެ ދަތުރަށް ބޯޓު ވަނީ ފުރިހަމައަށް ތައްޔާރުކޮށްފަ އެވެ.
ބާދުޝާހު ބޯޓުގައި ކުރާ ދަތުރުގައި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް އާއި ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު އަދި އިސް ވެރިންނާއި ޕާޓީގެ އެކްޓިވިސްޓުން ބައިވެރިވެ އެވެ.
އެމްޑީޕީއަށް 20 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ރާއްޖޭގެ ހުރިހާ ސިޓީތަކެއްގައި ޖަލްސާތަކެއް ބާއްވަން ވަނީ ނިންމައިފަ އެވެ. އޯގަސްޓު މަހުގެ ތެރޭގައި މާލޭގައި އެމްޑީޕީގެ ބޮޑު ޖަލްސާއެއް ބާއްވާނެކަން އެ ޕާޓީން ވަނީ ހާމަކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ