ފުލުހެއްގެ ގައިގައި ސައިކަލުން ޖެއްސި ޒުވާނަކު ހައްޔަރު ކޮށްފި

ފުލުހެއްގެ ގައިގައި ސައިކަލުން ޖެއްސި ޒުވާނަކު ހައްޔަރު ކޮށްފި އެވެ.
ފުލުހުން ބުނީ އޭނާ ހައްޔަރު ކުރީ މިރޭ 8:20 އެހައިކަންހާއިރު، ހުޅުމާލޭ، ޖަވާހިރުމާ ހިނގުމުގައި ފުލުހުންގެ ވެހިކަލް ޗެކް ޕޮއިންޓް ޖަހައިގެން ބަލައި ފާސް ކުރުމުގެ މަސައްކަތް ކުރަމުން ދަނިކޮށް އެ މަގުން އިރަށް ދުއްވާފައި ދިޔަ ސައިކަލެއް ފުލުހުން މަޑުކުރަން ބުނުމުން މަޑު ނުކޮށް ބާރު ސްޕީޑުގައި ނުރައްކާތެރިކޮށް ދުއްވާފައި ގޮސް ފުލުހެއްގެ ގައިގައި ޖައްސާފައިވާ މައްސަލައާ ގުޅިގެން ކަމަށެވެ.
އެ މައްސަލާގައި ހައްޔަރު ކުރީ މ. ބަހާރުވިލާ، ޔޫނުސް ޚަލީލް ޢަބްދުﷲ (18 އަހަރު) އެވެ.
ސައިކަލުން ޖެއްސުމުގެ ސަބަބުން ފުލުސް އޮފިސަރަށް އަނިޔާވެފައިވާ ކަމަށް ބުންޏެވެ. އަދި ޔޫނުސް ޚަލީލް ޢަބްދުﷲ އަތުގައި އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ނޯންނަ ކަމަށާ މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުން ކަމަށް ވަނީ ބުނެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ