އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެ އަށް ކުރެއްވި ދެ ދުވަހުގެ ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު މިއަދު ހަވީރު ފުރާވަޑައިގެންފި އެވެ.
ވީ ކިހިނެއް؟ - ރައީސް މުހައްމަދު މުއިއްޒުގެ ދައުވަތަކަށް މޯދީ ރާއްޖެ ވަޑައިގަތީ އިއްޔެ ހެނދުނު އެވެ. ރާއްޖޭގެ 60 ވަނަ މިނިވަން ދުވަސް ފާހަގަ ކުރުމުގެ ހަރަކާތްތަކުގެ ހާއްސަ މެހެމާނެއްގެ ގޮތުން މޯދީ އިއްޔެ ރާއްޖެ ވަޑައިގަތުމުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މަރުހަބާ ދެންނެވީ ވެސް ރައީސް މުއިއްޒު އެވެ.
ތަފްސީލް - މޯދީ ރާއްޖެއަށް ދަތުރުފުޅެއް ކުރެއްވިކަށްޓަކާ ޝުކުރު އަދާކުރައްވާ ރައީސް މިއަދު 'އެކްސް' ގައި ވިދާޅުވީ އެ ދަތުރުފުޅާއެކު ރާއްޖެ އާއި އިންޑިއާގެ ގުޅުމުގެ ސާފު މަގު ފެނިއްޖެ ކަމަށެވެ.
ބޮޑުވަޒީރުގެ ދަތުރުފުޅުގައި އިއްޔެ ވަނީ ރާއްޖެ އާއި އިންޑިއާ އާ ދެމެދު އެއްބާރުލުން ދިނުމުގެ 4 އެމްއޯޔޫގައި ސޮއިކޮށްފަ އެވެ.
މީގެ އިތުރުން:
އެކި ދާއިރާތަކުން 3 އެއްބަސްވުމެއްގައި ސޮއިކުރި
ރާއްޖެ-އިންޑިއާ އެފްޓީއޭގެ މަޝްވަރާތައް ފެށި
ބައެއް ސިޔާސީ ލީޑަރުންނާ ބައްދަލު ކުރެއްވި
އިންޑިއާގެ އެހީގައި ކުރިއަށް ގެންދިޔަ ބައެއް މަޝްރޫއުތައް އިފްތިތާހުކޮށްދެއްވި
މިއީ އިންޑިއާގެ ބޮޑުވަޒީރުކަމުގެ މަގާމުގައި ހުންނަވައިގެން މޯދީ ރާއްޖެ އަށް ކުރެއްވި ތިން ވަނަ ދަތުރުފުޅެވެ.
މޯދީ ފުރާވަޑައިގެންފި؛ ރާއްޖެ ވަޑައިގެންނެވީތީ ރައީސްގެ ޝުކުރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ