ރޭ މެންދަމުން ފެށިގެން ފީއަލީގައި ކަރަންޓެއް ނެތް، ކަރަންޓް ލިބޭނެ އިރެއްވެސް ނޭނގޭ

ފ.އަތޮޅު ފީއަލިން ރޭ މެންދަމު 01:00 ހާއިރު ކަރަންޓް ކެނޑުނު ގޮތައް އަދިވެސް ކަރަންޓް ނުލިބޭ ކަމަށް އެރަށުން މައުލޫމާތު ދީފިއެވެ.
ފީއަލިން "ވަގުތު" އަށް މައުލޫމާތު ދިން މީހަކު ބުނީ އެރަށުން ކަރަންޓް ކެނޑުނީ ރަށަށް ކަރަންޓް ދިނުމަށް ބޭނުން ކުރާ މައި ކޭބަލަކަށް މައްސަލައެއް ދިމާވެގެން ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.
"ރޭ އެކެއް ޖެހި އިރުއްސުރެ ކަރަންޓެއް ނެތް. މުޅި ރޭ ހޭދަކުރަން ޖެހުނީ ކަނު އަނދިރީގައި. މިއަދު ވެސް މިދަނީ ކަރަންޓް ނުލިބި. ކަރަންޓް ދެން ލިބޭނެ އިރެއް ވެސް ނޭނގޭ." އޭނާ ބުންޏެވެ.
މައުލޫމާތު ދިން މީހާ ބުނީ މައްސަލަ ދިމާވި ކޭބަލް ނެގުމަށް ފަހު އެހެން ކޭބަލެއް އަޅަން ޖެހޭ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.
އެހެން ރަށެއްގައި އަޅާފައި އޮތް ކޭބަލެއް ކޮނެގެން ނަގައިގެން ރަށަށް ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.
(ތަފްސީލް އަންނަނީ)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ