މާފަންނު ފީރޯޒު މަގުގައި ހުންނަ ކަރަންޓު ޑިސްޓްރިއުބިޝަން ފޮއްޓެއްގައި އަލިފާން ރޯވެ އެ ސަރަހައްދުގެ ބައެއް ގެތަކުން ކަރަންޓު ކެނޑިއްޖެ އެވެ.
ފުލުހުން ބުނީ، ޑިސްޓްރިބިއުޝަން ފޮށީގައި ރޯވީ، މިއަދު ހެނދުނު 10:24 ގައި ކަމަށެވެ. އެކަމަކު ފުލުހުން އެ ސަރަހައްދަށް ދިޔައިރު އަލިފާން ނިއްވާލާފައިވާ ކަމަށާއި އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެ ސަރަހައްދަށް ކަރަންޓު ފޯރުކޮށްދިނުމުގެ މަސައްކަތް ސްޓެލްކޯ އިން މިހާރު ދަނީ ކުރަމުންނެވެ.
ކަރަންޓު ފޮއްޓެއްގައި އަލިފާން ރޯވެ މާފަންނުގެ ބަޔަކުން ކަރަންޓު ކެނޑިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ