ރާއްޖޭގައި ހަރުކަށި ފިކުރު ނުރައްކަލަކަށް ނުވެ އޮތީ ދީނީ އިލްމުވެރިންގެ ހެޔޮ ނަސޭހަތުގެ ސަބަބުން: އުމަރު

ހުރިހާ ދީނެއް އަދި ހުރިހާ ގައުމެއްގައި ވެސް ހަރުކަށި ފިކުރުގެ މީހުން އުޅޭ ކަމަށާއި ރާއްޖޭގައި އެކަން ނުރައްކަލަކަށް ނުވެ އޮތުމުގެ ސަބަބަކީ ދީނީ އިލްމުވެރިންގެ ހެޔޮ ނަސޭހަތުގެ ސަބަބުން ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
ޔޫރަޕުގައި ހަރުކަށި ވިސްނުމުގެ ފިކުރު ފެތުރެމުންދާތީ ކަންބޮޑުވެވަޑައިގަންނަވާ ކަމަށް ޖަރުމަނުވިލާތުގެ ޗާންސެލަރު އެންޖެލާ މާކެލް ވިދާޅުވެފައިވާ އިރު، ފޭސްބުކް ޕޯސްޓެއްގައި އުމަރު ވިދާޅުވީ ޔޫރަޕުގައި އެ ވިސްނުން ފެތުރެނީ ތައުލީމީ ނިޒާމުގެ ސަބަބުން ކަމަށްވާ ނަމަ، ޔޫރަޕުގެ މުގައްރަރު އަވަހަށް ބަދަލުކުރަން ޖެހޭ ކަމަށެވެ.
"ހަރުކަށި ފިކުރުގެ މީހުން ތިބީ ހަމައެކަނި މުސްލިމުންގެ ތެރެއަކު ނޫން. ހުރިހާ ދީނެއްގައި، ހުރިހާ ގައުމެއްގައި މިފަދަ މީހުން އުޅޭ،" އޭނާ ވިދާޅުވިއެވެ.
ދީނީ އިލްމުވެރިންނަށް ތައުރީފުކުރައްވައި އުމަރު ވިދާޅުވީ ރާއްޖޭގައި އެކަން ނުރައްކަލަކަށް ނުވެ އޮތުމުގެ ސަބަބަކީ ދީނީ އިލްމުވެރިންގެ ހެޔޮ ނަސޭހަތާއި ރިވެތި ވައުލުތަކުގެ ސަބަބުން ކަމަށާއި އިސްލާމްދީނުގެ ހައްގު މަގު އަބަދުމެ އޮޅުން ފިލުވާދެމުން ގެންދެވޭތީ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ