އެކްސިޑެންޓެއް ހިނގައި ދެ މީހަކަށް އަނިޔާވެއްޖެ

މާލޭ ރިންރޯޑުގައި މިރޭ އެކްސިޑެންޓެއް ހިނގައި ދެ މީހަކަށް އަނިޔާވެއްޖެ އެވެ.
މި އެކްސިޑެންޓް ހިނގާފައި ވަނީ މިރޭ 11:15 ގައި އެމްޑީޕީގެ ހަރުގެ ކުރިމަތީންނެވެ. އެ ސަރަހައްދުގައި ހުރި "އަވަސް" ގެ ނޫސްވެރިއަކު ބުނީ އެކްސިޑެންޓު ހިނގައި ދެ މީހަކަށް އަނިޔާވެފައިވާ ކަމަށާއި ދެ މީހުން ވެސް ފުލުހުންގެ ވެހިކަލްގައި މިހާރު އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށެވެ.
އެ މީހުންގެ ގައިގެ އެކި ތަންތަން މަށައިގެން ގޮސްފައިވާއިރު އެކްސިޑެންޓު ހިނގީ ކިހިނެތް ކަމެއް އަދި ސާފެއް ނުވެ އެވެ.
އެކަން ފުލުހުން ވެސް ވަނީ ކަށަވަރުކޮށްދީފަ އެވެ. ނަމަވެސް މިވަގުތު އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުން އެބަދެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ