ތަކަންދޫ ކައުންސިލްއާއި އެރަށު ވެލޯރަސް ސްޕޯޓްސް ކްލަބު އިންތިޒާމުކޮށްގެން ޝަހީދު އަލީ ޗެލެންޖުގެ ނަމުގައި ހަތަރު މުބާރާތެއް ފަށައިފިއެވެ.
ތަކަންދޫގައި އިއްޔެ ފެށި ހަތަރު މުބާރާތަކީ ޕޯޗުގީޒުންގެ އަތުން ރާއްޖެ ސަލާމަތް ކުރުމުގެ ތެރޭގައި ޝަހީދުވި އަލީ ތަކުރުފާނުގެ ގެ ހަނދާނުގައި ފެށި މުބާރާތްތަކެކެވެ. އެއީ ފިރިހެނުންގެ ފުޓްސަލް މުބާރާތާއި އަންހެނުންގެ ވޮލީ މުބާރާތާއި ފިރިހެނުންގެ ވޮލީ މުބާރާތް އަދި އަންހެނުންގެ ބަށި މުބާރާތެކެވެ.
މުޅި މުބާރާތުގައި 17 ޓީމަކުން ބައިވެރި ވެފައިވެއެވެ. އެގޮތުން ފުޓްސަލް މުބާރާތުގައި ބައިވެރިވި ހަތް ޓީމަކީ ފެލްކަންސް ޔުނައިޓެޑާއި ފެލްކަންސް ޔޫތާއި ސްޕޯޓްސް ކްލަބް ވެލޯރަސް އާއި ވެލޯރަސް ޖޫނިއާ އާއި ފޯސޭކެން އެފްސީ އާއި ސިއެރާ ސްޕޯޓިވޯ އަދި އަރުތަ ސްޕޯޓްސް ކްލަބެވެ.
އަންހެނުންގެ ވޮލީ މުބާރާތާއި އަންހެނުންގެ ބަށި މުބާރާތުގައި ބައިވެރި ވެފައިވަނީ އެއް ޓީމުތަކަކުންނެވެ. އެ ތިން ޓީމަކީ ވެލޯރެސް ސްޕޯޓްސް ކްލަބާއި ފެލްކަންސް ޔުނައިޓެޑް އަދި ފެލްކަންސް ޔޫތެވެ.
ފިރިހެން ވޮލީ މުބާރާތުގައި ބައްދަލުކުރާ ހަތަރު ޓީމަކީ ފެލްކަންސް ޔުނައިޓެޑާއި އެސްސީ ވެލޯރަސް އާއި ފޯސޭކެން އެސްސީ އަދި ސިއެރާ ސްޕޯޓިވޯއެވެ.
ޝަހީދު އަލީ ޗެލެންޖު ފެށީ ފިރިހެނުންގެ ފުޓްސަލް މުބާރާތުންނެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލުކުރީ ފެލްކަން ޔޫތާއި ވެލޯރަސް އެވެ. އެ މެޗު 7-1 ލަނޑުން ކާމިޔާބު ކުރީ ވެލޯރަސް އެވެ.
ރޭ ފެށި އަންހެނުންގެ ވޮލީ މުބާރާތުގެ އެއް މެޗު ކުޅެފައިވާއިރު އެ މެޗުގައި ބައްދަލުކުރީ ވެލޯރަސް ޔޫތާއި ފެލްކަންސް އެވެ. ރޭގެ މެޗު ސީދާ ތިން ސެޓުން މޮޅުވީ ފެލްކަންސް އެވެ.
އެސްޓީއޯއިން ސުޕޮންސާކުރާ އެމުބަރާތްތަކުގެ ފުޓްސަލް މުބާރާތް ކާމިޔާބު ކުރާ ޓީމަކަށް 5،000 ރުފިޔާގެ ފައިސާގެ އިނާމެއް ކަނޑައަޅާފައިވާއިރު ރަނަރަޕް ޓީމަށް ކަނޑައަޅާފައިވަނީ 2،000 ރުފިޔާގެ ފައިސާގެ އިނާމެކެވެ.
ބަށި މުބާރާތާއި ވޮލީ މުބާރާތް ކާމިޔާބު ކުރާ ޓީމަކަށް 1،500 ރުފިޔާގެ އިނާމެއް ހަމަޖައްސާފައިވާއިރު ރަނަރަޕް ޓީމަށް ހަމަޖައްސާފައިވަނީ 700 ރުފިޔާގެ އިނާމެކެވެ.
ޝަހީދު އަލީ ޗެލެންޖުގެ ނަމުގައި ހަތަރު މުބާރާތެއް ތަކަންދޫގައި ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ