ޖޭޕީން ވާދަކުރިޔަސް މާވަށު ދާއިރާގެ ގޮނޑި ދޫކޮށެއް ނުލާނަން: ރައީސް ޔާމީން

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި، ޖުމްހޫރީ ޕާޓީ (ޖޭޕީ)އިން ވާދަކުރިއަސް އެއްވެސް ޕާޓީއަކަށް ލ. މާވަށު ދާއިރާގެ ގޮނޑި ދޫކޮށްނުލައްވާނެ ކަމަށް ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސުލްޖުމްޖހޫރިއްޔާ އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ލ. މާވަށު ދާއިރާގެ މަޖިލިިސް އިންތިހާބަށް ޕީޕީއެމްގެ ފަރާތުން ވާދަކުރައްވާ، ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސއީދުއަށް ތާއީދު ހޯއްދެވުުމުގެ ގޮތުން ސައީދު ހިމެނިވަޑައިގަންނަވާ ގޮތަށް ފޯނުމެދުވެރި ކުރައްވައި އެރަށުގެ ސަޕޯޓަރުންނާ ވާހަކަފުޅު ދައްކަވަމުންނެވެ.
"މި ގޮނޑިއަށް ޖޭޕީން ވާދަކުރިއަސް އަޅުގަނޑުމެން ދޫ ނުކޮށްލައި ވާދަ މިކުރަނީ، ޖޭޕީންވެސް ގަބޫލުކުރޭ އަޅުގަނޑުމެން ވާދަކުރާނެކަން،" ރައީސް ޔާމީން ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ މާވަށު ދާއިރާއަކީ އެކަމަނިކުފާނު ވާދަކުރައްވަން ނިންމެވި ދާއިރާ ކަމަށެވެ.
"އަޅުގަނޑު ކުރިން އުޅުނީ މާވަށު ދާއިރާއަށް ކުރިމަތިލާން، އެހެންނަމަވެސް ދާއިރާތައް ހުސްވަމުން، ހުސްވަމުން ގޮސް މުޅިން ހުސްވީމަ ދެން އަޅުގަނޑު މާވަށަށް ކުރިމަތި ލުމުގެ ބަދަލުގައި އަޅުގަނޑު އިހުތިޔާރު ކުރީ ސައީދަށް އަޅުގަނޑު ދާއިރާ ދޫކޮށްލަން،" ރައީސް ޔާމީން ވިދާޅުވެފައިވެ އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި، އެދާއިރާ ޖޭޕިއަށް ދޫކޮށްނުލެއްވީ، މާވަށުގެ ޓީމަކުން އެމަނިކުފާނާ ބައްދަލު ކުރައްވައި، މަޖިލީހަށް ނަގާނެ މީހަކު ދެއްކެވުމަށް އެމަނިކުފާނަށް ދަންނަވާފައިވާތީ އެވެ.
"އަޅުގަނޑާ މާވަށުގެ ވަރުގަދަ ޓީމެއް ވަޑައިގެން ބައްދަލުކުރައްވައި ވިދާޅުވީ ރައީސް ރަނގަޅު މީހަކު މިތަނަށް ދައްކާށޭ، ތިމަންނާމެން ނަގައިދޭނަމޭ، އަޅުގަނޑު ބޭނުންނުވީ ޖޭޕީއަށް މިދާއިރާ ދޫކޮށްލަން،" ރައީސް ޔާމީން ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ