ޗެނަލް 13 ގެ ސާމާނުތަކެއް ފުލުހުން ހޯދާ އެ ސްޓޭޝަނާ ހަވާލު ކޮށްފި

"ޗެނަލް 13" ޓީވީ ސްޓޭޝަންގެ އަގު ބޮޑު ސާމާނުތަކެއް ވެރިޔަކު ނެތި އިއްޒުއްދީން ފާލަން ކައިރީގައި ބަހައްޓަފައި ހުއްޓާ ފުލުހުން މިއަދު އެތަކެތި ހަވާލުކޮށްދީފިއެވެ.
ފުލުހުން ވިދާޅުވެފައިވަނީ އަގު ބޮޑު ސާމާނުތަކެއް މިއަދު އިއްޒުއްދީން ފާލަން ކައިރިން ފެނިގެން މިމަހުގެ 17 ވަނަ ދުވަހު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.
"ފޮށިގަނޑު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ބެލި ބެލުމުން އެއީ "ޗެނަލް 13" ގެ ތަކެތިކަން އެނގިފައިވޭ" ފުލުހުން ވިދާޅުވިއެވެ.
ފުލުހުން ވިދާޅުވެފައިވަނީ އެތަކެތި މިހާރު އެ ފަރާތާއި ހަވާލުކޮށްފައިވާ ކަމަށާއި އެތަކެތީގެ އަދު 100،000 (އެއްލައްކަ ރުފިޔާ) އަށް އަރާނެ ކަމަށެވެ.
ފުލުހުން އަންނަނީ މިގޮތަށް އެކި ތަންތަނަށް ދޫކޮށްލެވޭ ސާމާނުތަށް އެބޭފުޅުންގެ ބެލުމުގެ ދަށަށް ގެންގޮސް ވެރިފަރާތް ހޯދައި މި ކަހަލަ އަގު ބޮޑު ތަކެތި ވެރިންނާއި ހަވާލުކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ