ރައްޔިތުން ކުރި އުއްމީދުތަކުގައި ރައީސް ޔާމީން ކުލަ ޖައްސަވާދެއްވައިފި – މިނިސްޓަރ ތާރިޤް

ރައްޔިތުން ކުރި އުއްމީދުތަކުގައި ރައީސް ޔާމީން ކުލަ ޖައްސަވާދެއްވައިފިކަމަށް އެންވަޔަރަންމަންޓް މިނިސްޓަރ ޠާރިޤް އިބްރަހިމް ވިދާޅުވެއްޖެއެވެ.
ލ.އަތޮޅު ގަމުގައި ކުރިއަށް ދިޔަ "މި ތިބޫ ރައީސް ޔާމީނާއި އެކީ" ޖަލްސާގައި ވާހަކަ ދައްކަވަމުން ޠާރިޤް ވިދާޅުވީ، ދިރުމެއްވާ ތަނެއްގައި އުއްމީދެއްވާނެ ކަމަށް ރައީސް އަބަދުވެސް ވިދާޅުވާ ކަމަށާއި އުއްމީދީ ހުވަފެންތައް ދެކެން ހުރިޙާ ރައްޔިތުން ބޭނުންވާނެ ކަމަށެވެ. އެގޮތުން ރައްޔިތުން ކުރެއްވި އުއްމީދުތަކުގައި ރައީސް ޔާމީން ކުލަ ޖައްސަވާ ދެއްވައިފިކަންވެސް މިނިސްޓަރ ވަނީ ފާހަގަ ކުރައްވާފައެވެ.
މާލެ އާއި އަތޮޅުތަކުގެ ފަރަގު ކުޑަ ކުރައްވަން ކުރެއްވި މަސައްކަތްތަކުގެ ފޮނި މީރުކަން ރައްޔިތުން ދަނީ ލިބިގަންނަވަމުންކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ، ރައީސް ޔާމީން ވެރިކަމަށް ވަޑައިގެންނެވިއިރު ރާއްޖޭގައި ނަރުދަމާ އެޅިފައި އޮތީ 31 ރަށެއްގައި ކަމަށާއި ރައީސް ޔާމީން ވަޑައިގެން އިތުރު 21 ރަށެއްގައި ނަރުދަމާ ޤާއިމްކޮށް މިއަހަރު ނިމުމުގެ ކުރިން ރާއްޖޭގެ އާބާދީ ގެ 75 އިންސައްތައަށް ހަރުދަނާ ނަރުދަނާ ނިޒާމެއް ޤާއިމްކުރެވިގެންދާނެކަމަށްވެސް ތާރިޤް ވިދާޅުވިއެވެ.
މި ސަރުކާރުން ޤައުމުގެ %25 ގައި ސާފު ބޯފެނުގެ ނިޒާމު ޤައިމު ކޮށްފައިވާނެ ކަމަށާއި އަދި އިތުރު 25 ރަށެއްގައި ސާފު ބޯފެނުގެ ނިޒާމު ޤާއިމުވެގެންދާނެކަންވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ