އިދިކޮޅު ކެނޑިޑޭޓާއެކު ރައީސް ޔާމީން ސިއްސުވާލާނަން - އަބްދުﷲ ރިޔާޒު

އިދިކޮޅު ސިޔާސީ ޕާޓީތަކުން އެކުވެގެން ނެރޭ ކެނޑިޑޭޓާއެކު ރައީސް ޔާމީން ސިއްސުވާލާނެކަމަށް ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އަބްދުﷲ ރިޔާޒް މިއަދު ވިދާޅުވެއްޖެ އެވެ.
ރިޔާޒު ވިދާޅުވީ ރިޔާސީ އިންތިހާބުގައި ރައީސް ޔާމީން ބަލިކުރަން ނެރޭނެ ކެންޑިޑޭޓަކާ ގުޅޭ ގޮތުން އިދިކޮޅު ޕާޓީތަކުން އަންނަނީ ވަކިވަކިން މަޝްވަރާ ކުރަމުން ކަމަށާ ކެންޑިޑޭޓު ކަނޑައަޅާނީ މި މަޝްވަރާތަކުން ނިކުންނަ ފޯމިއުލާ އިން ކަމަށެވެ.
އޭނާ ވިދާޅުވީ އިދިކޮޅު ކެންޑިޑޭޓުގެ މަޝްވަރާތަކަށް ފަހު ޕާޓީތަކުން ގޮތްތަކެއް ކަނޑައަޅާނެ ކަމަށެވެ. އިދިކޮޅު ކެންޑިޑޭޓަކީ މިވެނި ބޭފުޅެއް ކަމަށް މާ ކުރިން އިއުލާންކޮށްފި ނަމަ އެ މީހަކު ޖަލަށް ލާނެ ކަން ޔަގީންވާ ކަމަށް ވެސް ރިޔާޒް ވިދާޅުވި އެވެ.
ގުޅިފައިވާ އިދިކޮޅު ޕާޓީތަކުގެ ތެރެއިން އިންތިޚާބުގައި ކުރިއަށް ގެންދާނެ ގޮތަކާ ގުޅޭ ގޮތުން މިހާތަނަށް ވަކި ގޮތެއް ނިންމާފައި ވަނީ އަދާލަތުން އެކަންޏެވެ. މަޢުލޫމާތު ލިބޭގޮތުގައި އެމްޑީޕީއަށް ނިސްބަތްވާ އެއްވެސް މީހަކު ކެނޑިޑޭޓެއްގެ ގޮތުގައި ނެރުމަށް މަޢުމޫނު ބޭނުންފުޅެއް ނުވެއެވެ.
އަދި މަޢުމޫނުގެ އަރިސް އެއްވެސް ބޭފުޅަކު ކެނޑިޑޭޓެއްގެ ގޮތުގައި ނިކުންނަން ނަޝީދު ބޭނިމެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ