ގައުމަށް ރަގަޅު ގޮތަކީ ރައީސް ނަޝީދާއާއި އަޅުގަނޑާ އެކުގައި މަސައްކަތް ކުރުން: ރައީސް މައުމޫން

ދިވެހި ގައުމަށް މިވަގުތު އެންމެ ރަގަޅު ގޮތަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު މަސައްކަތް ކުރެއްވުން ކަމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން އަބްދުލްގައްޔޫމް ވިދާޅުވި އެވެ.
މާފަންނު ކުނޫޒްގައި ބޭއްވި ޖަލްސާގައި ވާހަކަދައްވަމުން ރައީސް މައުމޫން ވިދާޅުވީ، ބައެއް ފަރާތްތަކުން އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއެކު މަސައްކަތް ކުރައްވަނީ ކީއްވެގެންތޯ އެތަށް ބަޔަކު ސުވާލު ކުރަމުންދާ ކަށެވެ. އެ ދެ ބޭފުޅުންނަކީ ކުރިން ސިޔާސީ ދެ ހަތުރުން ކަމަށް ވިޔަސް، 30 އަހަރު ވެރިކަން ކުރެއްވި ރައީސް މައުމޫން ވިދާޅުވީ މިހާރު ފަށައިގެން ކުރަމުންދާ މަސައްކަތަކީ އެއްވެސް ހާލެއްގައި ޒާތީ މަސައްކަތެއް ނޫން ކަމަށާއި މިއީ ގައުމީ މަސައްކަތެއް ކަމަށެވެ. 
ރައީސް މައުމޫން ވިދާޅުވި ." އަޅުގަނޑު ަމސައްކަތް ކުރާނީ އުސޫލީ ފެންވަރެއްގައި، ޒާތީފެންވަރެއްގައެއް ނޫން."
ކޮސް ވެއްޖެ
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ