ސަސްޕެންޑްކޮށްފައި ހުރި ގާޒީ އަހްމަދު ރަޝީދުގެ ސައިކަލްގައި ރޯކޮށްލައިފި

ސަސްޕެންޑްކޮށްފައި ހުރި ކްރިމިނަލް ކޯޓުގެ ގާޒީ އަހްމަދު ރަޝީދުގެ ސައިކަލްގައި ރޭ ރޯކޮށްލައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވި ގޮތުގައި ހުޅުމާލޭގެ ޕާކިން ޒޯނެއްގައި ޕާކުކޮށްފައި ހުރި ސައިކަލެއްގައި ރޯކޮށްލި މައްސަލައެއް އަންނަނީ ތަހުގީގުކުރަމުންނެވެ. ސައިކަލްގައި ރޯކޮށްލުމުން ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައިވާ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
ވަކީލުންގެ ތެރެއިން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް އިންތިޚާބުކުރި މެމްބަރުގެ ގޮތުގައި ކުރިން އެ ކޮމިޝަންގައި މަސައްކަތް ކުރެއްވި އަހުމަދު ސަސްޕެންޑް ކުރި ސަބަބެއް ރަސްމީކޮށް އެނގިފައެއް ނުވެ އެވެ. އެކަމަކު ކަމުގެ ހަގީގަތް އެނގިވަޑައިގަންނަވާ ބޭފުޅަކު ވިދާޅުވެފައިވާ ގޮތުގައި ޖޭއެސްސީން އަހުމަދަށް ފިޔަވަޅު އެޅީ، ކްރިމިނަލް ކޯޓު ހިންގުމާ ހަވާލުވެ ހުންނެވި ފަނޑިޔާރު އާދަމް އާރިފްއާ ދިމާލަށް ވިދާޅުވި އެއްޗަކާ ގުޅިގެންނެވެ.
BREAKING: Criminal court ge fandiyaaru Ahmed Rasheed suspend koffi
Mihaaru
ކްރިމިނަލް ކޯޓުގައި އަހުމަދު މަސައްކަތް ކުރައްވާތާ ގާތްގަނޑަކަށް ތިން އަހަރު ވަނީ ވެފަ އެވެ. އޭނާ ފަހަކަށް އައިސް އެ ކޯޓުގައި ބައްލަވަނީ މަސްތުވާތަކެއްޗާއި މަރުގެ ބޮޑެތި މައްސަލަތައް ކަމަށް ވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ