ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ބާރަށު ދާއިރާއަށް ކުރިމަތިލާނެ ކެންޑިޑޭޓަކު ހޮވުމަށް ބޭއްވި ޕްރައިމަރީ ކާމިޔާބުކޮށް މިހާރުވެސް އެ ދާއިރާގެ މެމްބަރުކަން ކުރައްވަމުންދާ މުހައްމަދު ޝިފާޒް ޓިކެޓް ކަށަވަރުކޮށްފިއެވެ.
ރޭ ބޭއްވި ބާރަށު ދާއިރާގެ ޕްރައިމަރީ ޝިފާޒް ކާމިޔާބުކުރެއްވީ މާލެ، ދަފްތަރު ނަމްބަރު 5251، މުހައްމަދު ޒަރީރާ ވާދަކޮށް 200 ވޯޓްގެ ތަފާތުންނެވެ.
ޝިފާޒް 2009 ވަނަ އަހަރު މަޖިލީހަށް ހޮވިވަޑައިގެންނެވީ ވެސް އެމްޑީޕީގެ ޓިކެޓްގައި އެ ދާއިރާއަށް ކުރިމަތިލައްވައިގެންނެވެ.
އެމްޑީޕީ ޕްރައިމަރީގައި މިހާތަނަށް 55 ދާއިރާއެއްގެ ޓިކެޓް ކަށަވަރުވެފައިވާއިރު އަދި 32 ދާއިރާއެއްގެ ޕްރައިމަރީ ބާއްވަން ޖެހެ އެވެ.
އެ 32 ދާއިރާގެ ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައިވަނީ މާދަމާއެވެ.
ބާރަށު ދާއިރާގެ ޓިކެޓް ޝިފާޒްއަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ