ރާއްޖޭގެ ކޮންމެ ރަށެއްގައި މެދުމިނުގެ ޓެސްޓްތައް ހަދާލެވޭ ވަރުގެ ލެބޯޓްރީތަކެއް ގާއިމްކުރަން ޖެހޭ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި އެޕާޓީގެ ރިޔާސީ ކެނޑިޑޭޓް ގާސިމް އިބުރާހިމް ވިދާޅުވެއްޖެއެވެ.
މ.ކްނޫޒް ޖުމްހޫރީ ޕާޓީގެ ޖަގަހައިގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ގާސިމް ވިދާޅުވީ މެދުމިނުގެ ލެބޯޓްރީތައް ގާއިމްކުރަން މާބޮޑު ހަރަދެއް ނުދާނެ ކަމަށެވެ.
"މެދުމިނުގެ ޓެސްޓްތައް ހަދާލެވޭ ލެބޯޓްރީއެއް ގާއިމްކުރަން އެބަޖެހޭ، އެއީ ވަރަށް ގިނަ ރަށްރަށުގައި އެބައުޅޭ ލޭއަޅަންޖެހޭ ކުދިން. އެކުދިންނަށް ލޭއަޅަން ޖެހިއްޖެއްޔާ ނުވަތަ ތެލެސީމިއާ ކުދިން. ލެބޯޓްރީގެ މަސައްކަތް ކުރަން އެބަޖެހޭ. އެހެންވެސް އަޅުނޑުމެން ވިސްނީ. އެއީ މާބޮޑު ހަރަދަކަށް ނުވާނެ." ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ މެދު މިނުގެ ޓެސްޓްތައް ހެދުމަށް ލެބޯޓްރޫ ގާއިމް ކުރަމުންދާ ހަރަދަށްވުރެ ބޮޑު ހަރަދެއް ބަލިމަޑުކަމެއް ކުރިމަތިވެއްޖެއްނަމަ ރައްޔިތުން އަތުންދާ ކަމަށެވެ.
ގާސިމް ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގައި މޭހަކު ވިހަންޖެހިއްޖެ ނަމަ އޭނަ ވިހަން ބޭނުންވާ ތަނަވަސް ކަން ގާއިމް ކޮށްދޭނެ ކަމަށެވެ.
އަދި މިހާރު އަންހެން މީހާ ވިހަން މާލެ އަންނަން ޖެހޭކަން ގާސިމް ފާހަގަކުރެއްވިއެވެ.
"އަޅުގަނޑުމެންގެ ސިޔާސަތުގައި ސިއްހީ ދާއިރާއަށް އަޅުގަނޑުމެންގެ ވިސްނުމުގަ އަޅުގަޑުމެންގެ ވެރިކަމެއްގައި މާތްﷲ ގެ އިރާދަފުޅާއި މާތް ވާގިފުޅާއި އެކު މާބަނޑުވީމާ އަންހެނަކަށް އޭނާއަށް ފަރުވާދޭނެ ގޮތެއް ނުވަތަ އޭނަ ވިހާ ސަލާމަތުން ނޯމަލް ޑެލިވަރީ އަކަށް އާދައިގެ ގޮތަކަށް މީހަކު ބަލިވެ އިނދެ ވިހާކަމަށް ވަންޏާ އިރާދަކުރެއްވިއްޔާ އޭނަ ވިއްސޭނެ ތަނަވަސްކަން އަޅުގަނޑުމެން ދޭނަން. ސްކޭން އެއް ކަމަށް ވަންޏާ އެވެސް".
ގާސިމް ވިދާޅުވީ ބައެއް ރަށްރަށުގައި ލޭބާ ރޫމްތައް ހުރިކަމަށް ވިޔަސް އެތަންތަނަށް ބޭނުންވާ ބައެއް ތަކެތި ހަމަޔަށް ނެތް ކަމަށެވެ.
ބައްޔެއް ޖެހިގެން ޑޮކްޓަރަށް ދައްކަންދާ އެއްވެސް މީހަކަށް ފަރުވާ ނުދެވިގެން މަރުވެގެން ނުދާނެ ކަމަށް ވެސް ގާސިމް ވިދާޅުވިއެވެ.
އަދި އެފަރުވާ ރާއްޖޭގެ ކޮންމެ ކަންކޮޅަކުން ވެސް ލިބޭނެ ކަމަށް ގާސިމް ވިދާޅުވިއެވެ. ގާސިމް ވިދާޅުވީ ރާއްޖޭގައި ބޭސްވިއްކާ ތަންތަނުން 400 އިންސައްތަ ފައިދާ ލުމަށްފަހު ބޭސް ވިއްކަމުން ދާކަމަށާއި ނަމަވެސް އެކަން ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގައި ހައްލުކުރައްވާނެ ކަމަށެވެ.
"އަޅުގަނޑުމެން ރަށްރަށައް ކުރި ދަތުރުތަކުގައި އަންހެނުން ކުރިއަރުވާ ކޮމެޓީ ތަކުން ބޭސް ބޭސް ނަގައިގެން ކުޑަކުޑަ ކަޕްބޯޑަށް ލައިގެން އެގެންގުޅެނީ. އަޅުގަނޑު ހިތްފަޅައިގެން ދިޔައީ ހަމަ. ހައްގަށްޓަކައި މިދަންނަވަނީ. މިގޮތައް ދިމާވި ކޮންމެ ރަށަކުން އެދުނީމަ އަޅުގަނޑު އިންނާނެ ކެޕިޓަލްއެއް ދޭން އެއްބަސްވެފަ. އިރާދަކުރެއްވިއްޔާ އެފައިސާ ފޮނުވާނަން ބޭސް ފިހާރަތައް ހެދުމަށްޓަކައި. ވޯޓް ދިނުމުގައި ފައިސާގެ ނުފޫޒަށް ނުހެއްލުމަށް ތަކުރާރުކޮށް ގޮވާލަމުން ގެންދަވަމުން ގާސިމް ވިދާޅުވިއެވެ.
މެދުމިނުގެ ޓެސްޓްތައް ހަދާލެވޭ ލެބޯޓްރީއެއް ކޮންމެ ރަށެއްހައި ގާއިމްކުރަން ޖެހޭ – ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ