އިންތިހާބާއި ގުޅޭގޮތުން ސްޕރީމް ކޯޓުން ނިންމާ ނިންމުން ގަބޫލުކުރާނަން - އެމްޑީޕީ

މިދިއަ މަހު ބޭއްވި ރިޔާސީ އިންތިހާބުގައި މަކަރު ހަދާ އޮޅުވާލައިފައިވާ ކަމަށް ބުނެ އެއިންތިހާބު ބާތިލް ކޮށް ދިނުމަށް އެދި ޖުމްހޫރީ ޕާޓީއިން ސްޕްރީމްކޯޓަށް ހުށަހަޅާފައިވާ މައްސަލައިގައި ކޯޓުން ނިންމާ ނިންމުން ގަބޫލޫކުރާނެ ކަމަށް އެމްޑީޕީއިން ބުނެފިއެވެ.
އެމްޑީޕީއިން ބާއްވަމުން އަންނަ ސިލްސިލާ އެއްވުންތަކުގެ ތެރެއިން ރޭ ޗާނދަނީ މަގު ދިރާގު ކަންމަތީގައި ބޭއްވި އެއްވުމުގައި ނޫސްވެރިންނާއި ވާހަކަދައްކަމުން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓްގެ ރަނިންމޭޓް ޑޮކްޓަރ މުސްތަފާ ލުތުފީ ވިދާޅުވީ ސްޕްރީމް ކޯޓުން ވަކިގޮތެއް ނިންމާނީ ބަލާފައިކަމަށާއި ސްޕްރީމް ކޯޓުން ނިންމާ ނިންމުން ގަބޫލުކުރާނެ ކަމަށެވެ.
މުސްތަފާ ލުތުފީ ވިދާޅުވީ ވޯޓުގެ ކަންތައް ގޮސްފައިވާ ގޮތް ގޯސްކަމަށް ސްޕްރީމް ކޯޓުން ނިންމާ ކަމުގައި ވިއަސް ގަބޫލުކުރެވޭވަރަށް ހެކި ހުންނަން ޖެހޭނެކަމަށެވެ. އަދި ސްޕްރީމް ކޯޓުން ކޮންމެ ގޮތަކަށް ނިންމިކަމުގައި ވިއަސް އެނިންމުން ވާނީ ދިވެހިރާއްޖޭގެ މުސްތަގްބަލަށް ވަރަށް މުހިއްމު ނިންމުމެއް ކަމަށެވެ.
މުސްތަފާ ލުތުފީ ވިދާޅުވީ ސްޕްރީމް ކޯޓުން ހުކުމް އިއްވުމުގައި ގައުމުގެ ހަމަޖެހުމައި މަސްލަހަތަށް ވެސް ބަލަން ޖެހޭނެ ކަމަށެވެ.
"ހެކި ނެތި އެހުކުމްކޮށްފި ކަމަށް ވަންޏާ އެކަން ގަބޫލު ކުރާނެ އެކަކު ވެސް ނުހުންނާނެ. އެކަމަކު ވެސް ސްޕްރީމް ކޯޓުން ހުކުމް ކުރީމަ ތިބޭނީ ގަބޫލުކޮށްގެން. އެހެންވީމާ މަސްލަހަތު ގޯސްވާނެ. ތަނުގެ މަސްލަހަތު ގޯސްވާނެ ގަބޫލު ކުރިޔަސް އެއާއި އެއްގޮތަށް އަމަލު ކުރިޔަސް،" މުސްތަފާ ވިދާޅުވިއެވެ.
އިތުރަށް ވާހަކަދައްކަވަކުން މުސްތަފާ ލުތުފީ ވިދާޅުވީ އެމްޑީޕީ އެކޭ އެއްފަދައިން ޕީޕީއެމްއިންވެސް އަވަސް މުސްތަގްބަލެއްގައި އިންތހާބު ބާއްވަން ބޭނުންވާކަމަށާއި ރައްޔިތުން ހޮވާފައިވާ މީހެއް ނޫން އެހެން މީހަކު ވެރިކަމުގައި ހުންނަނަމަ ސުލްހަވެރިކަމެއް ނޯންނާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ