ވަމާލެން ޔުނައިޓެޑަށް ވިއްކަން ބޭނުން ނުވާ ކަމަށް ވެންގާ ބުނެފި

އާރސެނަލްއަށް ކުޅެމުންދާ ބެލްޖިއަމްގެ ޑިފެންޑަރު ތޯމަސް ވަމާލެން ވާދަވެރި މެންޗެސްޓަރ ޔުނައިޓެޑަށް ވިއްކަން ބޭނުން ނުވާ ކަމަށް އާރސެނަލްގެ ކޯޗު އާރސެން ވެންގާ ބުންޏެވެ.
ވަމާލެން ހޯދުމަށް މިހާތަނަށް އެންމެ ބޮޑަށް މަސައްކަތްކުރަމުންދާ ދެ ކްލަބަކީ މެންޗެސްޓަރ ޔުނައިޓެޑް އަދި ސްޕެއިންގެ ބާސެލޯނާކަމަށް ރިޕޯޓުތަށް ބުނެ އެވެ.
"ޔުނައިޓެޑުން ވެސް ވަނީ ވަމާލެން ހޯދުމަށް ބިޑްކޮށްފަ. އަދި ޕްރިމިއަރ ލީގުގެ ކްލަބްތަށް ނޫން އެހެން ކްލަބުތަކުން ވެސް ވަމާލެން އަށް ބިޑްކޮށްފަ އެބަހުރި. އަހަރެން ބޮޑަށް ވަމާލެން ވިއްކާލަން ބޭނުންވަނީ ޕްރިމިއަރ ލީގުން ބޭރު ޓީމަކަށް" ވެންގާ ބުންޏެވެ.
ވާމެލަން އާސެނަލްއާ އެކު ހަދާފައިވާ ކޮންޓްރެކްޓްގައި ބާކީ އަދި އެއް އަހަރު އޮތްނަމަވެސް އޭނާ އަށް އާސެނަލްގެ ފުރަތަމަ އެގާރައިން ޖާގަ ލިބުން މަދުވުމާ ގުޅިގެން އޭނާވެސް މިހާރު ބޭނުންވަނީ އާސެނަލް ދޫކޮށް ފުރަތަމަ އެގާރައިން ޖާގަލިބޭ ކްލަބަކަށް ބަދަލުވާންކަމަށް ރިޕޯޓުތަށް ބުނެ އެވެ.
އާސެނަލްގެ ފުރަތަމަ އެގާރައިން އެޓީމުގެ ކޯޗު އާސެން ވެންގާ އާއްމުކޮށް މިފަަހަކަށް އައިސް ޖާގަ ދެމުންދަނީ މާޓެސޭކާ އަދި ކޮޝިއެލްނީއަށެވެ.
ވާމެލަން މިދިޔަ ސީޒަނުގައި އާސެނަލް އަށް ކުޅެދިނީ އެންމެ 7 މެޗެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ