ދިވެހި ރާއްޖެ އަށް އިންތިޤާލީ ސަރުކާރެއް ގެނައުމުގެ މަސައްކަތުގައި ރައީސް މައުމޫން ހުންނެވީ އެކުގައިކަމަށް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ލަންކާގައި ހުންނަވައިގެން މީޑިއާ އަށް ދެއްވި ހަމައެކަނި އިންޓަރވިއުގައި ނަޝީދު ވިދާޅުވީ ، 2018 ގެ އިންތިހާބު ބޭއްވުމަށް އިންތިގާލީ ސަރުކާރެއް ބޭނުންވާ ކަމަށާއި ރާއްޖެ އަށް އިންތިގާލީ ސަރުކާރެއް ގެނައުމަށް ވާންޖެހޭ ގިނަ ތައްޔާރީތައް ވަމުންދާކަމަށެވެ.
އަދި އެމަސައްކަތުގައި ރައީސް މައުމޫނު އެކީގައި ހުންނެވި ކަމަށެވެ. މީގެ އިތުރުން ސަރުކާރު ބަދަލު ކުރުމަށް މަޝްވަރާތައް ކުރެވެމުންދާ ކަމަށާއި ޑިމޮކްރަސީ އާއި އެއްގޮތަށް މަސައްކަތް ކުރެއްވުމަށް ލޯބިކުރާ ކަމަށާއި، ރާއްޖޭގައި ބަގާވާތެއް ނުކުރާނެ ކަމަށް ރައީސް ނަޝިދު ވިދާޅުވިއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވިނަމަވެސް މިކަމާ ބެހޭ ގޮތުން ރައީސް މައުމޫނު އަދި ވަކި އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ.
މަދު ހަފަތާތަކެއްގެ ތެރޭގައި ރައީސް ޔާމީނުގެ ސަރުކާރު ވައްޓާލަން މަސައްކަތް ކުރެވެމުންދާ ކަމަށް ބީބީސީ އިންވެސް ވަނީ ރިޕޯޓްކޮށްފައެވެ.
ލަންކާގައި ބޭއްވެވި މަޝްވަރާ ބައްދަލުވުންތަކުގެ ތަފްސީލެއް ރައީސް ނަޝީދާއި އެމްޑީޕީ އިން ހާމާއެއްނުކުރެއެވެ.
އެހެންނަމަވެސް ކުރިއަށް އޮތް ދެތިން މަސްތެރޭގައި ރާއްޖެ ވަޑައިގަނަންވާނެ ކަމަށް ނަޝީދުވަނީ ވިދާޅުވެފައެވެ.
އިންތިގާލީ ސަރުކާރެއް ގެނައުމުގެެ މަސައްކަތުގައި ރައީސް މައުމޫން ހުންނެވީ އެކުގައި - ރައީސް ނަޝީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ